ރ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި، އަރުތަ ފުޓްސަލް މުބާރާތް 2025 ގެ ފައިނަލް މެޗު ހޫނުވެ، ސަޕޯޓަރުންގެ މެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފިއެވެ.
ރޭ ރަސްމާދޫގައި ކުރިއަށްދިޔަ ފައިނަލް މެޗުގައި ވާދަވެރި، އިނގުރައިދުއާއި ދުވާފަރު ވާދަކޮށްފައިވާ އިރު، މެޗު ނިމުނީ 4-2 އިން އިނގުރައިދޫ މޮޅުވެގެންނެވެ. އެހެން ނަމަވެސް، މެޗުގެ ތެރެއިން ސަޕޯޓަރުންގެ ހަމަނުޖެހުން ބޮޑުވެ، މެޗު ވަނީ ހަތަރުގަޑިއިރަށް ދިގުލައިގެން ގޮސްފައެވެ.
މެޗު ނިމެން އެންމެ 23 ސިކުންތަށް ވެފައި ވަނިކޮށް، ސަޕޯޓަރުންގެ ތެރޭގައި ހަމަނުޖެހުން ހިނގައި، މެޗު ހޫނުވެގެން ދިޔައީ ދަނޑު ތެރެއިން ހިނގައި ދިޔަ ކަމަކާވެސް ގުޅިގެންނެވެ. ދުވާފަރުގެ އިބްރާހީމް އަނާން، އިނގުރައިދޫގެ އަހުމަދު މަޝީދަށް ކުރި ޓެކުލެއްގެ ސަބަބުން، މަޝީދު ރުޅިގަދަވެ، އަނާން ކޮއްޕާލާފައިވާ އިރު، އެ ފަހަރު ރެފްރީ ވަނީ މަޝީދަށް ކާޑު ދައްކައިފައެވެ.
އެއިރުވެސް ސަޕޯޓަރުންގެތެރެ ހޫނުކޮށް އޮތްއިރު، ކުއްލިއަކަށް ދަނޑު ބޭރު އިތުރަށް ހޫނުވެގެން ދިޔަ މަންޒަރު ވީޑިއޯއިން ފެނިގެން ގޮސްފައިވެއެވެ. އެގޮތުން ދަނޑަށް ފުޅިވެސް އުކާފައިވާ އިރު، ބައެއް ވީޑިއޯތަކުން ފެނުނު ގޮތުގައި ދަނޑުބޭރުގައި ހިނގި ކުރިމަތިލުންތަކުގައި ވެއްޔާއި ފުޅީގެ އިތުރުން ގާ އުކައިގެންވެސް ހަމަލާ ދޭން މަސައްކަތް ކޮށްފައިވެއެވެ.
ސަޕޯޓަރުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހަރަކާތްތެރިވެފައިވާ އިރު، އެ މައްސަލައިގައި ބަޔަކު ހައްޔަރުކުރިކަމެއް އެނގިފައެއް ނުވެއެވެ.
އިނގުރައިދުއާއި ދުވާފަރަކީ ފުޓްސަލައި ވާދަވެރި ދެރަށެވެ. އަބަދުވެސް އެ ދެރަށުގެ މެޗުތަކުގައި ބޭރުން ހަމަނުޖެހުންތައް ހިނގާކަން ފާހަގަވެފައިވާ އިރު، ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އެ ދެރަށުން ކުޅޭ މެޗުތަކުގައިވެސް ދަނޑު ބޭރުން ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ހިނގާފައިވެއެވެ.
މުޙައްމަދު ޝަމްޢޫން
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ތިޔައީ މޮޔައިން އުޅޭ ރަށެއް
ޢަސްވަމް - 10 މަސް ކުރިން
ދުވާފަރު މީހުން ކަމަކާ ވެއްޖެތަ ދާނީ އެހާވަރުން
ދުވާފަރު - 10 މަސް ކުރިން