ނުފޫޒުގަދަ ބާރުތަކުގެ ޕަޕެޓެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިިމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ ވެރިކަމުގެ ނަތީޖާއަކީ ދިވެހީން އަޅުވެތިވުން ކަމަށް އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ، ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ގައުމާ މުހާތަބު ކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ދެއްކެވި ވާހަކަފުޅުގައި، މިނިވަންކަން މަތީ ގައުމު އޮތުމަށް ރަނގަޅު އިގުތިސާދެއް ވަރަށް މުހިންމު ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާގުޅިގެން ސައީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އެ ވާހަކަފުޅަކީ ވަރަށްބޮޑު ތެދުފުޅެއް ކަމަށެވެ. ރަނގަޅު އިގުތިސާދަކާ ނުލައި ދެމެހެއްޓޭނޭ މިނިވަންކަމެއް ނޯންނާނެކަން ދުނިޔެ ތަޖުރިބާ ކޮށްފައިވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
"އެފަދަ ނަސީބެއް ދިވެހީންނަށް ލިބުމުގެ ކުރީން ނުފޫޒުގަދަ ބާރުތަކުގެ ޕަޕެޓެއްގެ ގޮތުގައި ތިޔަ ކުރައްވާ ވެރިކަމުގެ ނަތީޖާއަކީ ދިވެހީން އަޅުވެތިވުން،" ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
އިއްޔެ ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވިދާޅުވީ، ގައުމެއްގެ މިނިވަންކަމަށް ނުރަނގަޅު ނުފޫޒުތައް ފޯރުމުގައި، އެންމެ އިސް ދައުރެއް އަދާކުރާ އެއްކަމަކީ، އިގުތިސާދަށް ކުރިމަތިވާ ހީނަރުކަން ކަމަށެވެ.
ގައުމުގެ އިގްތިސާދުގައި ދިރުމެއް ނެތް ނަމަ، އެ ގައުމެއްގެ މިނިވަންކަމަށް އަބަދު ވެސް ދާނީ ނުރައްކާތައް ކުރިމަތިވަމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މެމްބަރު މުހައްމަދު ސައީދު
މެމްބަރު މުހައްމަދު ސައީދު
މެމްބަރު މުހައްމަދު ސައީދު
މެމްބަރު މުހައްމަދު ސައީދު