ކޮވިޑަށް ޕޮޒިޓިވްވާ ދުވަސްވީ މީހުން ގިނަވާތީ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މިހާރު ގިނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، މި ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ. އަދި ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ބަލި ޖެހުމުގެ ފުރުސަތު ބޮޑު ގިންތީގެ މީހުން ގިނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ދިވެހިންގެ ތެރޭގައި ކޭސްތައް ގިނަވާ ވަރަކަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ކުރިއަށްވުރެ އުމުރުން ދުވަސްވީ މީހުންނާއި ބައެއް ކަހަލަގެ ސިއްހީ ކަންޑިޝަންސް ހުންނަ މީހުންނާއި ތިބޭކަން. އެހެންކަމުން މިފަދަ ފަރާތްތައް ހޮސްޕިޓަލުގައި މި އެޑްމިޓް ކުރެވެނީ. އަދި ހާލަތު ސީރިއަސް ނޫން ކަމުގައި ވިޔަސް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާނަމަ މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން ޖެހިދާނެ ކަމަށެވެ.
ރާއްޖެއިން މިހާތަނަށް 3302 މީހުންނަށް ކޮވިޑަށް ޖެހިފައިވާއިރު އެ ބަލީގައި 15 މީހަކު ވަނީ މަރުވެފައެވެ. އަދި މިހާރު ރާއްޖޭގައި އެ ބައްޔަށް ފަރުވާދެމުން އަންނަނީ 738 މީހުންނަށެވެ. އޭގެ ތެރެއިން 63 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-16ގައި ފަރުވާދެމުން އަންނަ މީހަކާއި ހުޅުމާލޭ މެޑިލިކަލް ފެސިލިޓީގައި ފަރުވާ ދެމުން އަންނަ 62 މީހެކެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު