ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ގޮވާލައި، އިދިކޮޅު ކޯލިޝަނުން މުޒާހަރާކޮށްފިއެވެ.
ޗާންދަނީ ޖަންގްޝަން ކައިރިން މިރޭ ފެށި އެ މުޒާހަރާ ކޮންޓްރޯލްކުރުމަށް ފުލުހުން ހަރަކާތްތެރިވެ، އަކަކު ވަނީ ހައްޔަރުކޮށްފައެވެ. ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދުގައި ވަނީ ހަރަކާތްތެރިވެފައެވެ. އަދި މުޒާހަރާ ކޮންޓްރޯލްކުރުމަށް ފަހުން އެސްއޯ ފުލުހުން ވެސް ހަރަކާތްތެރިވިއެވެ.
އެ އެއްވުމުގެ ބައިވެރިން ގޮވާލާފައިވަނީ އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށާއި ރާއްޖޭގައި އިތުރު ގައުމެއްގެ މީހުންނަށް ޖާގަ ނުދިނުމަށާއި ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހު، މިނިވަންކަންކަމުގެ އިހުސާސް ކުރެވިގެން ނުދާ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލައިފައެވެ.
އެ އެއްވުމުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫނާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްގެ އިތުރުން ޕްރޮގްރެސިވް ކޯލިޝަންގެ ކައުންސިލްގެ ބައެއް މެންބަރުންވެސް ވަނީ ބައިވެރިވެފައެވެ.
ފުލުހުން އެއްވުމުގެ ބައިވެރިން އެ ސަރަހައްދުން ފޮނުވައިލުމުން އެއްވުން ނިންމާލާފައިވަނީ ޕީޕީއެމް އޮފީސް ސަރަހައްދުންނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު