އިޓާލިއަން ލީގުގައި ރޭ ޖެނޯއާ އެކު ކުޅުނު މެޗުން 3-0 ގެ ނަތީޖާ އަކުން މޮޅުވެ އިންޓާ މިލާން އިން އެއްވަނައިގައި އޮތް ޔުވެންޓަސް އާ ދެމެދު އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފި އެވެ.
ރޭގެ މެޗްގެ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި އިންޓަ އަށް ލީޑު ނަގައިދިނީ ރޮމެލޫ ލުކާކޫ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-0 ގެ ނަތީޖާ އަކުން އިންޓަ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފްގައި އިންޓައިން ނުރައްކާތެރި ހަމަލާތަކެއް އުފެއްދި އިރު، މެޗު ނިމެން ކައިރިވެފައި ވަނިކޮށް ދެ ލަނޑު ކާމިޔާބުކޮށް އިންޓާއިން ވަނީ ލީޑު ފުޅާކޮށް ފައެވެ. 83 ވަނަ މިނެޓް ގައި މޮސެސްގެ އެހީތެރިކަމާ އެކު އެލްކްސިސް ސަންޗޭޒް މެޗުގެ ދެވަނަ ލަނޑު ކާމިޔާބު ކުރި އިރު ފަހު ލަނޑަކީ ބްރޮޒޮވިކްގެ އެހީތެރިކަމާ އެކު މެޗްގެ 90 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިން ލުކާކޫ ކާމިޔާބު ކުރި ލަނޑެކެވެ.
މި މެޗުން މޮޅުވުމާ އެކު އިންޓަ ތާވަލުގެ ދެވަނައިގައި އޮތީ ތިން ވަނައިގައި އޮތް އެޓަލަންޓާ އަށް ވުރެން އެއް މެޗު އިތުރަށް ކުޅެގެންނެވެ. އިންޓައަށް ލީގުގައި އަދި ބާކީ ދެމެޗު އޮތް އިރު އެ ޓީމު މިހާރު ތާވަލްގެ ދެވަނައިގައި އޮތީ 76 ޕޮއިންޓާއި އެކުގައެވެ. ތާވަލުގެ އެއްވަނައިގައި އޮތް ޔުވެންޓަސް އަށް ލިބިފައިވަނީ 80 ޕޮއިންޓާއި އެކު އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު