ބަންގްލަދޭޝްގެ އިތުރު 200 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް އެމީހުން މިއަދު ފުރުވާލީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. މޯލްޑިވިއަންގެ ފްލައިޓުތަކުގައި މިމަހު އެކަނިވެސް 1000 އަށްވުރެ ގިނަ ބަންގްލަދޭޝް މީހުން އަނބުރާ ގަައުމަށް ފޮނުވާލައިފައިވެ އެވެ.
ލިޔެކިޔުން ނެތި ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން އޭޕްރީލް މަހުން ފެށިގެން ގަވައިދާ ހިލާފަށް އުޅެމުން އައި 3000 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފަ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވާ ގޮތުން، ރާއްޖޭގައި އުޅޭ ބަންގްލާދޭޝް މީހުންގެ 95 ޕަސެންޓަކީ ގަވާއިދާ ހިލާފަށް އުޅޭ މީހުންނެވެ. އަދި އެމީހުންގެ އަދަދު 80،000 އާއި 100،000 އާ ދެމެދުގެ އަދަދަކަށް އަރާނެ ކަމަށް ވެސް ލަފާ ކުރައްވަ އެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ ތެރެއިން 20،000 ބިދޭސީން މިއަހަރު އަނބުރާ ގައުމަށް ފޮނުވާލުން ކަމަށް ވެސް މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު