ކޮވިޑް 19ގެ ސަބަބުން ތިން މަހެއްހާ ދުވަހު ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށް ފަހު މިމަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލާފައިވާއިރު މިހާތަނަށް ރާއްޖެއަށް 904 ފަތުރުވެރިން އައިސްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނާއި އެމެރިކާއިންނެވެ. އެގޮތުން އިނގިރޭސިވިލާތުން 117 ފަތުރުވެރިން އައިސްފައިވާއިރު އެމެރިކާއިން 106 ފަތުރުވެރިން އައިސްފައިވެއެވެ. ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ޖަރުމަނުވިލާތުން އައިސްފައިވަނީ 72 ފަތުރުވެރިންނެވެ.

އެންމެ ގިނަ ފަތުރުވެރިން އައި 10 ގައުމު:

އިނގިރޭސިވިލާތް: 117 ފަތުރުވެރިން،

އެމެރިކާ: 106 ފަތުރުވެރިން،

ޖަރުމަނު: 73 ފަތުރުވެރިން،

ސުވިޒަލޭންޑް: 45 ފަތުރުވެރިން،

ރަޝިޔާ: 45 ފަތުރުވެރިން،

ފިލިޕިންސް: 35 ފަތުރުވެރިން،

ދުބާއީ: 31 ފަތުރުވެރިން،

ސްޕެއިން: 31 ފަތުރުވެރިން،

ހަންގޭރީ: 30 ފަތުރުވެރިން،

މިސްރު: 23 ފަތުރުވެރިން،

އެ ދިހަ ގައުމުން 567 ފަތުރުވެރިން ރާއްޖެ އައި އިރު އަނެއް 337 ފަތުރުވެރިން އައިސްފައިވަނީ އެހެނިހެން ގައުމުތަކުންނެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް 850،000 ފަތުރުވެރިން ގެނައުން ކަމަށެވެ. ރާއްޖޭގެ ބޯޑަރު ބަންދުކުރި އިރު 300،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެއެވެ.