އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް، އެކުއްޖާ ބަލިވެ އިން މައްސަލައިގައި ހައްޔަރު ކުރި މީހާގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ ކޮށްފިއެވެ.
ޕީޖީ އޮފީހުން ބުނީ އުމުރުން 17 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހއ. ފިއްލަދޫ، ޝެޑޯޒް، އަހުމަދު އައުޠަފްގެ މައްޗަށް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ މ. ކޮޅުފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ޕީޖީން ބުނީ އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 10 އަހަރާއި 14 އަހަރާދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެ ކަމަށެވެ.
ޕީޖީން ބުނީ އެކުއްޖާއާ ކޯޓުން ބޭރުން މީހަކު އިނދެގެން އުޅޭ ކަމަށް ހާމަކޮށްފައިވާ މައުލޫމާތުތަކަކީ އައްޠަފް ފުލުހުންނަށް ދީފައިވާ މައުލޫމާތެއް ކަމަށެވެ. ނަމަވެސް އެ ވާހަކައަކީ ދޮގު ވާހަކަތަކެއް ކަމަށްވެސް ޕީޖީން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އައްޠަފް ހައްޔަރުކޮށްފައިވަނީ މިމަހުގެ ތިންވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު