އިންޑިއާ އިން ރާއްޖެ ގެންނަން މަސައްކަތް ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދެގައުމުގެ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދޭން ނިންމާފައިވާ ޑޯނިއޯ ބޯޓެއް ކަމަށް ސަރުކާރުން ބުނެފިއެވެ.
އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ރާއްޖޭގައި ބޭއްވުމަށް ދެ ގައުމުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، ރާއްޖެ ގެންނަން ނިންމާފައިވަނީ އަސްކަރީ ބޯޓެއް ނޫން ކަމަށާއި އެއީ ޑޯނިއާ މެރިޓައިމް ސަވަޔަލެންސް މަތިންދާބޯޓެއް ކަމަށެވެ.
އެ ބޯޓަކީ ރައީސް ޔާމީން ވެރިކަމުގައި 2016 ވަނަ އަހަރުގެ އޭޕްރިލް މަހު އެމަނިކުފާނު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެގައުމުގެ ދެމެދު ސޮއިކުރި ޑިފެންސް އެކްޝަން ޕްލޭންގައި ހިމެނޭ ބޯޓެއް ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
އެއްބަސްވުމުގައިވާ ގޮތުން، އެ މަތިންދާބޯޓު ދޭން އިންޑިއާ ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން އެގައުމުން ރާއްޖެއަށް ދީފައިވާ ދެ ހެލިކޮޕްޓަރުން އެއް ހެލިކޮޕްޓަރު އަނބުރާ ފޮނުވާލާނެއެވެ.
"ވަން" އަށް މައުލޫމާތު ދެއްވި އޮފިޝަލު ވިދާޅުވި ގޮތުގައި، ކުރިން ހެދި އެއްބަސްވުމުގައިވާ ގޮތަށް ޑޯނިއާ މަތިންދާބޯޓު ވެސް ބޭނުން ކުރާނީ ބަލި މީހުން އުފުލުމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް އެ ބޯޓު ދުއްވަން ދިވެހި ޕައިލެޓުންނާއި އިންޖިނިއަރުން އިންޑިއާއިން ތަމްރީނު ކޮށްދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އިންޑިއާއަށް ވަޑައިގެން އެގައުމުގެ މީޑިއާތަކާ ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ، މަދު މަސްތަކެއްގެ ތެރޭގައި އިންޑިއާ އިން ދޭން ނިންމާފައިވާ މަތިންދާބޯޓު ރާއްޖެ ގެނެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
އިންޑިއާއިން އިން ދެ ހެލިކޮޕްޓަރުގެ ތެރެއިން ފުރަތަމަ ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ގައެވެ. ސ. ގަން އެއާޕޯޓުގައި އެ ހެލިކޮޕްޓަރު ބާއްވާފައި އޮންނައިރު ދެވަނަ ހެލިކޮޕްޓަރު ގެނައީ އޭޕްރިލް 2011 ގައެވެ. އޭތި އޮޕަރޭޓްކުރަނީ ލ. ކައްދޫ އެއާޕޯޓުގައެވެ.
ދިވެހި ސިފައިން ތަމްރީން ކުރެވެންދެން އެ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަނީ އިންޑިއާގެ ކަނޑުގެ ސިފައިންނެވެ. އެމީހުން ރާއްޖޭގައި ތިބެނީ ދެ ގައުމުން ބަދަލުކުރާ "ލެޓަ އޮފް އެކްސްޗޭންޖު"އެއްގެ ދަށުންނެވެ.
ނަމަވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އިންޑިއާއެކު އޮތް ގުޅުން ގޯސްވެ، އެ ދެ ހެލިކޮޕްޓަރު އަނބުރާ ފޮނުވައިލަން ނިންމާފައިވާ އޮއްވައި، މި ސަރުކާރުން ވެރިކަމަށް އައިސް އެ ނިންމުން ވަނީ ބަދަލުކޮށް ދެ ހެލިކޮޕްޓަރު ވެސް ފޮނުވައިނުލާން ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު