މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސްކޫލުތަކުގެ މުވައްޒަފުންނާއި ދަރިވަރުން ހިމެނޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ރާއްޖެއިން މިއަދު 59 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، އިއްޔެއާ މިއަދު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި ސްކޫލުތަކުގެ ބައެއް މުވައްޒަފުން ހިމެނޭ ކަމަށެވެ.
"އިއްޔެއާއި މިއަދުވެސް ބައެއް ކުޑަކުދިން މީގެ ތެރޭގައި ބައެއް ސްކޫލު ކުދިންނާއި ސްކޫލުގެ ބައެއް ސްޓާފުންވެސް ޕޮޒިޓިވްވެފައި އެބަތިބި. ނަމަވެސް މިވަގުތު ސްކޫލަކަށް ދާ އެއްވެސް ކުއްޖެއް ޕޮޒިޓިވްވެފައެއް ނެތް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ސްކޫލުތަކުގެ ބައެއް މުވައްޒަފުން ބައްޔަށް ޕޮޒިޓިވްވި ނަމަވެސް އެމީހުންގެ ކޮންޓެކްޓުން ސްކޫލުގެ ތެރެއިން ފެންނަލެއް މަދު ކަމަށާއި ކޮންޓެކްޓުން މަދުވަނީ ސްކޫލުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާލެއް ބޮޑުކަމުން ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ސްކޫލުތަކުގެ މުވައްޒަފުންނަށް ބަލި ޖެހިފައިވަނީ ސްކޫލުގެ ތެރެއިން ނޫން ކަމަށާއި އެމީހުންނަށް ބަލި ޖެހިފައިވަނީ އެހެން ކްލަސްޓާތަކުން ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު