ފަސް ގައުމަކަށް ސަފީރުން އައްޔަން ކުރަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ފަސް ބޭފުޅުންނަށް ރުހުންދޭން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
އެ ބޭފުޅުންނަށް ރުހުންދިނުމަށް މަޖިލީހުން ފާސްކުރީ، އެ ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން މަޖިލީހަށް ހުށަހެޅި ރިޕޯޓަށް ބަލައި، އޭގެ ތެރެއިން ކޮންމެ ބޭފުޅަކަށް ވަކިވަކިން ވޯޓަށް އަހައިގެންނެވެ.
- ބަންގްލަދޭޝް ސަފީރު ކަމަށް ޝިރުޒިމަތު ސަމީރު.
- ޕާކިސްތާނު ސަފީރު ކަމަށް ފަރުޒާނާ ޒާހިރު.
- އެކުވެރި އަރަބި އިމާރާތުގެ ސަފީރު ކަމަށް އާމިނަތު ޝަބީނާ.
- އިންޑިއާ ސަފީރު ކަމަށާއި ނޭޕާލާއި ބޫޓާނާއި އަފްޣާނިސްތާނަށް ކަނޑައަޅާ ނޮން ރެޒިޑެންޓް
- ސަފީރު ކަމަށް ޑރ. ހުސައިން ނިޔާޒު.
- އެމްބެސެޑާ އެޓް ލާޖްގެ މަގާމަށާއި، ޖެނީވާ އޮފީހުގެ ޕާމަނަންޓް ރެޕްރެޒެންޓެޓިވް ކަމާއި ސާވިސް ކޮންފެޑެރޭޝަނަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރު ކަމަށް ޑރ. އާސިމް އަހުމަދު.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް