މާދަމާއިން ފެށިގެން އިންޑިއާގެ ބެންގަލޫރުގެ ލޮކްޑައުން އުވައިލަން ނިންމައިފިއެވެ.

އިންޑިއާގެ ކަރުނާޓަކާގެ ޗީފް މިނިސްޓަރު ބީއެސް ޔެޑިޔުރައްޕާ ވަނީ ބެންގަލޫރުގެ އިތުރުން ކަރުނާޓަކާގެ ހުރިހާ ސްޓޭޓެއްގެ ލޮކްޑައުން މާދަމާއިން ފެށިގެން އުވައިލުމަށް ނިންމައިފައެވެ.

ލޮކްޑައުން އުވައިލި ނަމަވެސް ކޮވިޑްގެ އަސަރު ހުންނަ ތަންތަން ބަންދު ކުރެވިގެންދާނެ ކަމަށް ޗީފް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކަރުނާޓަކާގެ ޗީފް މިނިސްޓަރު ވިދާޅުވީ ލޮކްޑައުންއަކީ މިހާރު ހައްލެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. އަދި އިގުތިސާދު އަނބުރާ ކޮޅަށް ޖެހުމަށް ހުރިހާ އެންމެން ވެސް މާދަމާއިން ފެށިގެން ވަޒީފާތަކަށް ނުކުމެ މަސައްކަތް ފެށުމަށް ވަނީ އިލްތިމާސްކުރައްވައިފައެވެ.

ބެންގަލޫރުގައި އަމަލުކުރަމުން އަންނަ ލޮކްޑައުންގެ މުއްދަތު ހަމަވާނީ މިރޭ ފަތިހު 5:00 ގައެވެ.

ކަރުނާޓަކާ އިން މިހާތަނަށް 67،420 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު 1403 މީހުން ވަނީ ކޮވިޑު ބަލީގައި މަރުވެފައެވެ.