ދަރިފުޅު އައިމިނަތު ޖާބިރަށް ޓޫރިޒަމް މިނިސްޓަރުކަން ދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާފގެ މެންބަރު އަބުދުﷲ ޖާބިރު އެދިވަޑައިގެންފި އެވެ.
ޖާބިރު މިކަމަށް އެދިވަޑައިގެންނެވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފެނާއި ނަރުދަމާގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
ޖާބިރު ވިދާޅުވީ، މިހާރު ކަންތައް މިދާގޮތުން ޕާޓީގައި މާބާރަށް ހަޅޭލަވާ އެކްޓިވިސްޓަކަށް މިނިސްޓަރުކަން ދީފާނެ ކަމަށެވެ. ޖާބިރުގެ ދަރިކަނބަލުން އައިމިނަތު ޖާބިރަށް ޓޫރިޒަމް މިނިސްޓަރުކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކިބައިން ޖާބިރު އެދިވަޑައިގެންނެވިއެވެ.
"ޕާޓީގައި މާ ބަރަށް ހަޅޭލަވާ އެކްޓިވިސްޓެއް މިނިސްޓަރަކަށް ލައިފާނެ. އަޅުގަނޑު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވަން، އަޅުގަނޑުގެ ދަރިފުޅު އައިމިނަތު ޖާބިރު ލާށޭ ޓޫރިޒަމް މިނިސްޓަރުކަމަށް، މާ މޮޅުވާނެއޭ،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ރާއްޖެ ހިިންގަންޖެހެނީ ކޮމިއުނިސްޓް ގައުމެއްް ގޮތަށް ފެނާއި އެކިއެކި ހިދުމަތްތައް ރައްޔިތުންނަށް ހިލޭ ދޭ ގޮތަށް ކަމަށެވެ.
ޑިއާރުޕީގެ ވެރިކަމެއްގައި، ކޮންމެ ރައްޔިތަކަށް 30،000 ރުފިޔާ ލިބޭނެ ކަމަށާއި ކޯޓު ފަޓުލޫނާއި އައިނު ވެސް ރައްޔިތުންނަށް ހިލޭ ލިބޭނެކަމަށް އެ ޕާޓީގެ ލީޑަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޑީއާރުޕީގެ ވެރިކަމެއްގައި ހުރިހާ ރައްޔިތުންނަށް ފެންވެސް ހިލޭ، ކޮންމެ މީހަކަށް 30،000 ރުފިޔާ ލިބޭނެ. ލޮލުގައި ރީތި އައިނެއް އޮންނާނެ. ކޯޓް ފަޓްލޫނު ވެސް ހަަމަ ހިލޭ ގެނެސްދޭނެ. އެންމެން ކޯޓު ފަޓުލޫނުލައިގެން ތަރައްގީކޮށް ތިބޭނީ. ނިއުޔޯކް ތަންތާތިބެނީ މުންޑު ލައިގެންތޯ." ޖާބިރު ސުވާލު ކުރެއްވިއެވެ.
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު