ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް އެމަނިކުފާނަށް އިސްލާހެއް ހުށައެއް ނޭޅުއްވޭނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް އެމަނިކުފާނު ހުށަހަޅުއްވާފައިވާ އިސްލާހެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއެއް ނުވަތަ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން އެ އިދާރާ ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ކުރާ ބިދޭސީއެއް ނުވަތަ ރާއްޖޭގައި 10 އަހަަރަށްވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީއަކަށް ރެސިޑެންސް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް އެދިވަޑައިގެން އެ ބިލު ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މަޖިލިސް ރައީސް އަނބުރާ ފޮނުވާލާފައިވާ ކަމަށް އެ ކޮމިޓީގެ މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ މަރަދު ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ޝަރީފް މިހެން ވިދާޅުވީ އެ އިސްލާހުތައް ގެނައުމުގެ ބަހުސް ކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ.
މަޖިލިސް ރައީސް އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވައިލެއްވީ، ބިލުގެ މަސައްކަތް ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ރިޕޯޓް ފޮނުވާފައި ވަނިކޮށެވެ.
މަޖިލިސް ރައީސް އެ ބިލަށް ގެނަން ހުށަހެޅުއްވި އިސްލާހުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައާބެހޭގޮތުން ވާހަކަ ދައްކަވަމުން މަޖިލިސް ވިދާޅުވީ، މަޖިލީހުގެ ގަވައިދު އޮންނަނީކޮމިޓީއަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގަންނަވާގޮތަށް ނޫން ކަމަށެވެ.
އަދި ވިދާޅުވީ، ބިލު އަނބުރާ ކޮމިޓީއަށް ފޮނުވައިލެއްވީ، ބިލުގެ ބަހުސްގައި މެންބަރުން ދެއްްކެވި، ވާހަކަތަކާއި، އާންމުން ހުށަހެޅި ބައެއްކަންކަން ނެތުމުންކަމަށެވެ.
"އަޅުގަނޑު ވަރަށް ސާފުކޮށް ހުރިހާ އިއްޒަތްތެރި މެމްބަރުންނަށްވެސް ދަންނަވަން އަދި އިދާރީ މޭޒުންވެސް އަދި ތިބޭފުޅުން އެހެން ގޮތްގޮތުން ބެއްލެވީމަވެސް ވަރަށްބޮޑަށް ސާފުކޮށް ފެނިވަޑައިގަންނަވާނެ އަޅުގަނޑު ހުށަހަޅާފައިވާ އިސްލާހެއް ނުވާނެ" މަޖިލިސް ރައީސް ވިދާޅުވިއެވެ.
ބިލުގައި ހިމެނުމަށް މަޖިލިސް ރައީސް ފޮނުއްވި އިސްލާހުގެ ތެރެއިން، މެންބަރުންނާއި އާއްމުން އެންމެ ކަންބޮޑުވި އިސްލާހު، ރާއްޖޭގައި 10 އަހަަރަށްވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީއަކަށް ރެސިޑެންސް ވިސާ ލިބޭ އިސްލާހު ބިލަށް ނުގެނައުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް