ބ. ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 43 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން ބުނީ، 49.6 މިލިއަން ރުފިޔާއަށް އެ ކުންފުންޏާ ހަވާލުކުރި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ނޮވެމްބަރު 10، 2019 ގައި ކަމަށެވެ. މިހާތަނަށް މަޝްރޫއުގެ ތެރެއިން ނެރު ފުން ކުރުމުގެ 76 ޕަސެންޓް މަސައްކަތް ނިމިފައިވާއިރު ހާބަރު ބޭސިން ހެދުމުގެ 80 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.
މި މަޝްރޫއުގެ ދަށުން 25،000 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި 18،500 ކިއުބިކް މީޓަރުގެ ހާބަރު ބޭސިން ފުންކުރުމާއި 130 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓާ ލުމާއި 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 214 މީޓަރުގެ ސަރަހައްދެއްގައި ކީ ވޯލް ހެދުން ހިމެނެ އެވެ.
އޭގެ އިތުރުން ރޭމްޕެއް ލުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރު ކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ