ބ. ތުދާޅޫގައި ކަރަންޓީންގައި ހުއްޓައި މަރުވި މީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްއީއޯސީގެ ފަރާތުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް، ތަސްލީމާ އުސްމާން "ވަން" އަށް ވިދާޅުވީ ތުޅާދޫގައި ހޯމް ކަރަންޓީނުގައި ހުއްޓައި މަރުވި މީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެމީހާ މަރުވެފައިވަނީ ކޮވިޑް ބަލީގައިތޯ ބަލަމުން ގެންދާ ކަމަށެވެ.
ތުޅާދޫ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި މާހީނޫޒް އަބޫބަކުރު މީގެ ކުރިން "ވަން" އަށް ވިދާޅުވީ ހާޓްއެޓޭކެއް ޖެހިގެން މިއަދު 3:30 ހާއިރު މީހަކު މަރުވެފައިވާ ކަމަށެވެ. މަރުވެފައިވަނީ 59 އަހަރުގެ ފިރިހެނެއް ކަމަށް މާހީނޫޒް ވިދާޅުވިއެވެ.
އޭނާ އަކީ މާލެއިން އެރަށަށް ގޮސް ކަރަންޓީންގައި ހުރި މީހެއް ކަމަށާއި އެމީހާ މަރުވެފައިވަނީ ކަރަންޓީީންގައި ހުންނަތާ 10 ދުވަސް ފަހުން ކަމަށް މާހީނޫޒް ވިދާޅުވިއެވެ.
މިހާތަނަށް ޖުމުލަ 10 ދިވެއްސަކު ވަނީ މި ބަލީގައި މަރުވެފައެވެ. ރާއްޖޭގައި ކޮވިޑް ޖެހިގެން ގިނައިން މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު