ޖުޑިޝަލް ސާވިސް ކޮމިޝަނަށް އާއްމުންގެ ތެރެއިން ކަނޑައަޅާ މެންބަރެއްގެ ގޮތުގައި، ސ. މަރަދޫ މޫންލައިޓް ހައުސް އައިމިނަތު އުއްމު ކުލްސުމް އާއި ހ.ރޯސްމެރީ އާދަމް މިގްދާދާއި ދެބޭފުޅުންގެ ތެރެއިން ބޭފުޅަކު ކަނޑައެެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށް އެ ރިޕޯޓު މަޖިލިސް ތަޅުމަށް ފޮނުުވައިފިއެވެ.

ފަސް މެންބަރުން ހިމެނޭ ޖޭއެސްސީގައި އާއްމުންގެ ފަރާތުން އިންނަން ޖެހޭ މެންބަރުކަމުގެ މަގާމު ވަނީ ހުސްވެފައެވެ.

އެހެންކަމުން އެ މަގާމަށް ކުރިމިަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލުމާއެކު، އެ މަގާމަށް ފަސް ބޭފުކު ކުރިމަތިލެއްވިއެވެ.

އައިމިނަތު އުއްމު ކުލްސުމް އާއި އާދަމް މިގްދާދު ގެ އިތުރުން އެމަގާމަށް ދެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ދަފްތަރު ނަމްބަރު 1151 އަލީ މުހައްމަދު މަނިކު އާއި މ.ލޫޕީިން އަހުމަދު މިޒްމާދާއި، ސ.މީދޫ އާބާދު ވިލާ އަހުމަދު ނަސީރު އެވެ.

އެ ނަންތައް ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައި ބުނެފައިވަނީ، އެފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، ޖޭއެސްސީގެ މެންބަރުކަމަށް، ކުލްސުމް އާއި މިގުދާދު އާ ދޭފުޅުންގެ ތެރެއިން ބޭފުޅަކު އައްޔަން ކުރަން މަޖިލީހުގެ ރުހުން ދިނުމަށް ކޮމިޓީން ފާސްކުރީ އެކަމަށްޓަކައި ވޯޓު ނެގި ޖަލްސާގައި ތިއްބެވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ކަމަށެވެ.

އެހެންކަމުން ޖޭއެސްސީއަށް އާންމުންގެ ތެރެއިން ކަނޑައެޅުމަށް ކޮމިޓީން ނިންމާފައިވާ ގޮތުގެ މައްޗަށް ރިއާޔަތްކޮށް، ކޮމިޓީން ފާސްކޮށްފައިވާ ދެ ބޭފުޅުންގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވުމަށް އެދި އެ ރިޕޯޓް ހުށަހަޅާ ކަމަށްވެސް ކޮމިޓީން ބުނެފައި ވެއެވެ.