އިންޑިއާގައި ކުޑަކުއްޖަކު ބެންކަކަށް ވަދެ 30 ސިކުންތުތެރޭ 10 ލައްކަ ރުޕީސް ވަގަށް ނަގައިފިއެވެ.
އިންޑިއާގެ މަދިޔަޕްރަދޭޝްގެ ނީމުޗް ޑިސްޓްރިކްޓްގެ ބޭންކަކުން ވައްކަން ކޮށްފައިވަނީ 10 އަހަރުގެ ކުޑަ ކުއްޖެކެވެ. މިކުއްޖާ ބޭންކަށް ވަދެ އެހާ ކުޑަވަގުތުކޮޅުގެ ތެރޭ 10 ލައްކަ ރުޕީސް ވަގަށް ނެގި އިރު އެބޭންކުގައި އެވަގުތު ތިބި ކަސްޓަމަރަކަށްވެސް ބޭންކުގެ މުވައްޒަފަކަށްވެސް ނޭނގެއެވެ.
މިހާދިސާ ހިނގައިފައިވަނީ މި ކުޑަކުއްޖާ ބޭންކުގެ ކޭޝިއަރު ހުންނަ ކައުންޓަރު ސަރަހައްދަށް ވަދެ ވަތްގަނޑުން ލާރި ނަގައިގެންނެވެ. ބޭންކުގެ ސީސީޓީވީ އިން ވަނީ މިމަންޒަަރު ރީތިކޮށް ފެނިފައެވެ.
10 އަހަރުގެ މިކުއްޖާގެ އިސްކޮޅު ކުރުކަމުން ކައުންޓަރު ހުންނަ ސަރަހައްދަށް ވަދެގެން ދިޔަ އިރުވެސް އެއްވެސް މީހަކަށް ނުފެނެއެވެ. ވަތްގަނޑުން 500 ރުޕީސްގެ ދެބޮނޑި ދަބަހައްލައިގެން މިކުއްޖާ ބޭންކުގެ ދޮރުކައިރިން ދުއްވައިގަތުމުން ބޭންކުގެ ސެކިއުރިޓީއަށް ޝައްކުވެގެން އެލާމް އަޅައިފައި ވެއެވެ. އަދި ސެކިއުރިޓީން ވަނީ އެކުއްޖާ ހިފަހައްޓައިފައެވެ.
ބޭންކުގެ ސީސީޓީވީ ފުޓޭޖް ބަލައި ފުލުހުން ތަހުގީގު ފަށާފައިވާއިރު، މި ވައްކަމުގެ ފަހަތުގައި ހިމެނޭ ބޮޑު ގޭންގެން ވަނީ ފާހަގަ ކުރެވިފައެވެ. ސީސީޓީވީ އިން ފެންނަ ގޮތުން 10 އަހަރުގެ ކުއްޖާ އަށް އިރުޝާދު ދިނުމަށް 20 އަހަރުގެ މީހަކު ހުރިކަން ވަނީ ފާހަގަ ކުރެވިފައެވެ. ބޭންކުގެ ބޭރުގައި ހުރި މީހާ ދިޔައީ އެކުއްޖާގެ ހަރަކާތްތައް މޮނިޓާ ކުރަމުންނެވެ.
ފުލުހުން ވަނީ ކުޑަކުއްޖާ ބޭންކުން ނިކުމެގެން ދުއްވައިގަތުމާއެކު މިމީހާވެސް ދުވެފައިދާ މަންޒަރު ސީީސީޓީވީ އިން ފެނިފައިވާ ކަމަށް ބުނެފައެވެ. ފުލުހުން ވަނީ މި ވައްކަން ކުރުމުގެ ކުރިން ބޭންކުތެރޭގައި ޝައްކު ކުރެވޭ މީހުންތަކެއް ހަރަކާތްތެރިވެފައިވާކަން ފާހަގަވާ ކަމަށްވެސް ބުނެފައެވެ.
އިންޑިއާގައި ގޭންގުތަކުން ކުޑަކުދިން ކުށްކުރުމުގައި ބޭނުންކުރާ މައްސަލަތައް އިތުރުވަމުންދާ ކަމަށް ވަނީ ފާހަގަކުރެވިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ