ކޯވިޑް 19 އަށް ޕޮޒިޓިވްވުމާ ގުޅިގެން މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބު ބަޗަން މިވަނީ އޭނާގެ ސަޕޯޓަރުންނަށް ނަސޭހަތެއް ދީފައެވެ.
އެގޮތުން އިންސްޓަގްރާމުގައި ހިއްސާކުރި ޕޯސްޓެއްގައި، އަމީތާބު ވަނީ ދުރުގައި ތިބެން ޖެހޭ 6 ވައްތަރެއްގެ މީހުން ކިޔައިދީފައެވެ. އެގޮތުން ހަސަދަވެރިންނާއި، ޝައްކުކުރާ މީހުންނާއި، ދުވަހަކުވެސް ހިތްނުފުރޭ މީހުންނާއި، އަބަދު ރުޅިއަންނަ މީހުންނާއި ކިތަންމެ ހެޔޮކޮށް ކަންތައް ކޮށްދިނަސް އެކަން ބަލައިނުގަންނަ މީހުންނާއި، އަދި އެއްވެސް މީހަކާ ގުޅިގެން ނޫޅެވޭ މީހުންނާ ވީވަރަކުން ދުރުން އުޅުމަށް އަމީތާބު ނަސޭހަތްތެރި ވިއެވެ.
އަމީތާބު ބުނީ އެ ވައްތަރުގެ މީހުންނާ ވީހާވެސް ދުރުން އުޅުމަކީ އަހަރެމެންގެ އަމިއްލަ ނަފްސު ހިތާމަތަކުން ރައްކާތެރިކޮށްގެން އުޅެވޭނެ ގޮތެއް ކަމަށެވެ. މީގެ ދުވަސްކޮޅެއް ކުރިން އަމީތާބު ވަނީ އޭނާގެ ޓުވީޓާ މެދުވެރިކޮށް، އޭނާއަށް އަދި އާއިލާއަށް ސަޕޯޓަރުން ދެމުން އަންނަ ލޯބި ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ.
ކޯވިޑް 19 އަށް އަމީތާބު ޕޮޒިޓިވް ވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހެވެ. އަމީތާބުގެ އިތުރުން އޭނާގެ ދަރިފުޅު އަބީޝެކް ބަޗަންވެސް ވަނީ ކޯވިޑް 19 އަށް ހަމަ އެރޭ ޕޮޒިޓިވް ވެގެން ހޮސްްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. އަބީޝެކްގެ އަންހެނުން އައިޝްވާރިޔާ ރާއީ އަދި ދަރިފުޅު އަރާދުޔާ އަށް ބަލި ޖެހިފައިވާއިރު އެދެމީހުން ތިބީ ގޭގައި ކަރަންޓީނު ވެގެންނެވެ.
އަމީތާބް ބަޗަން
އަމީތާބް ބަޗަން
އަމީތާބް ބަޗަން
އަމީތާބް ބަޗަން