މަޝްހޫރު ކުއިޒް ޝޯ "ކޯން ބަނޭގާ ކްރޯޅްޕަތީ" (ކޭބީސީ) ގެ 18 ވަނަ ސީޒަން، އާ ތީމަކާއެކު އަންނަ އޮގަސްޓު މަހުގެ 10 ވަނަ ދުވަހު ފަށަން ނިންމައިފިކަން އެ ޝޯގެ ހޯސްޓް އަމީތާބް ބައްޗަން އިއުލާނުކޮށްފިއެވެ.
މި ފަހަރުގެ ސީޒަންގައި ތައާރަފުކުރާ އާ ތީމަށް ދީފައިވާ ނަމަކީ "ސޯޗްނާ ޕަޅޭގާ" (ވިސްނަން ޖެހޭނެ) އެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބަދަލާއެކު ޝޯގެ ފޯމެޓަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ކުރީގެ ސީޒަންތަކާ ހިލާފަށް، މި ފަހަރުގެ ސީޒަން އަމާޒުކޮށްފައިވަނީ ހަމައެކަނި މައުލޫމާތު ދަސްކޮށްގެން ޖަވާބު ދިނުމުގެ ބަދަލުގައި، ބައިވެރިންގެ ވިސްނުމާއި ނިންމުންތައް ނިންމުމުގެ ގާބިލުކަމުގެ މައްޗަށެވެ. ޝޯ ޕްރޮމޯޓްކުރުމަށް ނެރެފައިވާ ވީޑިއޯތަކުގައި އަމީތާބް ބައްޗަން ބުނި ގޮތުގައި، ސްމާޓްފޯނާއި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ކޮންމެ މައުލޫމާތެއް ވެސް ފަސޭހައިން ލިބެން ހުންނަ މި ޒަމާނުގައި، ހަމައެކަނި ޖަވާބު ހަނދާން ބެހެއްޓުމަކުން ނުފުދޭނެއެވެ. އެހެންކަމުން، ޖަވާބު ހޯދުމަށްޓަކައި ބައިވެރީންނަށް ފުންކޮށް ވިސްނަން މަޖުބޫރުވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
މި ޝޯ އުފައްދާ ސޮނީ ޕިކްޗާސް ނެޓްވޯކްސް އިންޑިއާގެ ތަރުޖަމާނަކު ބުނި ގޮތުގައި، ކޭބީސީ އަކީ މައުލޫމާތުގެ މައްޗަށް ބިނާކޮށް މީހުންގެ މެދުގައި މަގުބޫލުވެފައިވާ ޝޯއެކެވެ. މި ފަހަރުގެ އާ ތީމާއެކު، ލިބިފައިވާ މައުލޫމާތުގެ ބޭނުންކޮށްގެން ރަނގަޅު ނިންމުންތައް ނިންމުމުގެ މުހިންމުކަން އާންމުންނަށް އަންގައިދިނުމަކީ ޝޯގެ އަމާޒު ކަމަށް އޭނާ ބުންޏެވެ. މިއީ މިހާރުގެ ދުނިޔެއާ ވަރަށް ގުޅޭ ވިސްނުމެއް ކަމަށާއި، ޝޯގެ އަމާޒަކީ ބެލުންތެރިންގެ ވިސްނުމާ ކުޅެލުން ކަމަށް ވެސް ތަރުޖަމާނު ފާހަގަކުރިއެވެ.
ކޭބީސީގެ 18 ވަނަ ސީޒަން ދެއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް، ރޭގަނޑު 9:00 ގައެވެ. މި ޝޯ ދައްކާނީ ސޮނީ އެންޓަޓެއިންމަންޓް ޓެލެވިޒަން އަދި ސޮނީ ލިވް މެދުވެރިކޮށެވެ.
އަމީތާބް ބަޗަން
އަމީތާބް ބަޗަން
އަމީތާބް ބަޗަން
އަމީތާބް ބަޗަން
ކޮމެންޓް