އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަމީތާބް ބައްޗަން، އޭނާގެ އަންހެނުން އަދި ކުރީގެ ބަތަލާ ޖަޔާ ބައްޗަން ހަފްލާތަކަށް ގަޑިއަށް ތައްޔާރުކުރުމަށް ބޭނުންކުރާ ހާއްސަ އުކުޅެއް އާންމުންނާ ހިއްސާކޮށްފިއެވެ. އަމީތާބް މިކަން ހާމަކުރީ ސޮނީ ޓީވީން ގެނެސްދޭ މަޝްހޫރު ގޭމް ޝޯ "ކޯން ބަނޭގާ ކްރޯރްޕަތީ" (ކޭބީސީ) ގެ އެޕިސޯޑެއްގައެވެ.
ކޭބީސީގެ ބައިވެރިޔަކާ ވާހަކަދައްކަމުން އަމީތާބް ބުނީ، އަންހެނުން ތައްޔާރުވުމަށް އާންމުގޮތެއްގައި ގިނަ ވަގުތު ނަގާ ކަމަށެވެ. މޭކަޕް ކުރުމާއި، އިސްތަށިގަނޑު ހެދުމާއި، ސާޅި އެޅުމަށް ވަގުތު ބޭނުންވާކަން އޭނާ ފާހަގަކުރިއެވެ. އެހެންކަމުން، ހަފުލާއަކަށް ދާންޖެހޭ ގަޑިއަށްވުރެ މާ ކުރީގެ ގަޑިއެއް ޖަޔާއަށް ދޭ ކަމަށް އަމީތާބް ބުންޏެވެ.
“އަހަރެމެން ތަނަކަށް ދާން ޖެހެނީ ރޭގަނޑު 8 ޖަހާއިރު ކަމަށް ވަންޏާ، އަހަރެން ޖަޔާ ކައިރީގައި ބުނަނީ 7 ޖަހާއިރުއޭ ދާންޖެހެނީ،” އަމީތާބް ބުންޏެވެ.
އަމީތާބް އިތުރަށް ބުނި ގޮތުގައި، މިގޮތަށް ގަޑި އޮޅުވާލުމުން، ޖަޔާ ތައްޔާރުވެ ނިމޭއިރު ހުންނަނީ ހަގީގީ ގަޑި ޖެހިފައެވެ. އަދި މި އުކުޅުގެ ސަބަބުން ދުވަހަކުވެސް ހަފުލާއަކަށް ލަސްވެފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
ކޭބީސީ ޝޯގައި އަމީތާބް އާންމުކޮށް އޭނާގެ އަމިއްލަ ދިރިއުޅުމާއި އާއިލީ މަޖާ ކަންކަން ބެލުންތެރިންނާ ހިއްސާކުރެއެވެ. 1973 ވަނަ އަހަރު ކައިވެނިކުރި އަމީތާބް އަދި ޖަޔާ އަކީ ބޮލީވުޑްގައި އެންމެ ގިނަ ދުވަސްވީ އެއް ޖޯޑެވެ.
އަމީތާބް ބަޗަން
އަމީތާބް ބަޗަން
އަމީތާބް ބަޗަން
އަމީތާބް ބަޗަން
ކޮމެންޓް