މިއަދު ރާއްޖެއަށް އައިސްފައިވަނީ 102 ފަތުރުވެރިން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިމިގްރޭޝަންގެ ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިޝަރު، މުހައްމަދު ޝިފާން ވިދާޅުވީ މިއަދު ރާއްޖެއަށް އައިސްފައިވަނީ 102 ފަތުރުވެރިން ކަމަށެވެ.
"މިއަދު މުޅި ޖުމްލަ 212 ފަރާތެއް ރާއްޖެ އައި. މީގެ ތެރެއިން 102 ފަރާތަކީ ފަތުރުވެރިން. އެގޮތުން 101 ފަރާތް މިއައީ ގަތަރު އެއާވޭސްއިން އަދި ސްރީލަންކަން އެއާވޭސްއިން އެއް ފަތުރުވެރިއެއް އައި،" ޝިފާން ވިދާޅުވިއެވެ.
މީގެ އިތުރުން ޝިފާން ވިދާޅުވީ، ރާއްޖެއަށް މިއަދު އައި ގަތަރު އެއާވޭސްގެ ފްލައިޓުން ރާއްޖޭގައި މަސައްކަތްކުރާ 104 ބިދޭސީ މަސައްކަތްތެރީން ފުރާފައިވާ ކަމަށާއި އަދި ކޮވިޑުގެ ހާލަތާ ގުޅިގެން ރާއްޖޭގައި ނުދެވި ތާށިވެފައި ތިބި 58 ޓޫރިސްޓުންވެސް ފުރާފައިވާ ކަމަށެވެ. އަދި އެ ފްލައިޓުން ނުވަ ދިވެހިންވެސް ފުރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ، ސްރީލަންކަން އެއާވޭސްގެ ފްލައިޓުންވެސް 157 ބިދޭސީ މަސައްކަތްތެރީން ފުރާފައިވާ ކަމަށާއި އަދި 20 ޓޫރިސްޓުންވެސް އެ ފްލައިޓުގައި ފުރާފައިވާ ކަމަށެވެ.
ރާއްޖޭގެ ބޯޑަރުތައް މިއަދު ހުޅުވާލިއިރު 32 ގައުމެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އޭގެ ތެރޭގައި ގިނައީ ޔޫރަޕްގެ ގައުމުތަކުގެ ފަތުރުވެރިންނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު