އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ކައުންސިލްގެ ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް ހީނާ ވަލީދު ހަމަޖައްސައިފިއެވެ.
ހީނާ އެ މަގާމަށް ހަމަޖައްސާފައިވަނީ މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ކައުންސިލްގެ މިއަހަރުގެ ފަސްވަނަ ކައުންސިލު ބައްދަލުވުމުގައެވެ. ހީނާ އަކީ ޕީޕީއެމްގެވެސް ޗީފް ސްޕޯކްސްޕާސަނެވެ.
މިއަދުގެ ބައްދަލުވުމުގައި ކޯލިޝަންގެ މީޑިއާ ކޯޑިނޭޓަރުގެ މަގާމަށް ޕީއެންސީގެ ކައުންސިލް މެންބަރު ހަމްދާން ޝަކީލް ވަނީ ހަމަޖައްސައިފައެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިސަރުކާރުން ކުރަމުންދާ އަނިޔާ ކުށްވެރިކޮށް، އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލާފައިވެއެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ ވުޖޫދުގައި ނުވާ ދައުވާއެއް ކަން އިއްޔެ ކްރިމިނަލް ކޯޓުގެ ހުކުމުން ސާފުވާ ކަމަށާއި އެމަނިކުފާނު ޖަލުގައި ބަހައްޓައިގެން އަނިޔާ ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ކައުންސިލްގެ މެމްބަރުން ފާހަގަކުރި ކަމަށްވެސް ކޯލިޝަނުން ބުންޏެވެ.
"ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރުމަށް ތައްޔާރަށް ތިބިކަން ހާމަކޮށްފައިވޭ،" ކޯލިޝަނުން ބުންޏެވެ.
މީގެ އިތުރުން އަތޮޅުތެރޭގައި ކޯލިޝަންގެ ހަރަކާތްތައް ހިންގުން އިތުރަށް ފުޅާކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށްވެސް ޕްރޮގްރެސިވް ކޯލިޝަނުން ބުންޏެވެ.
އެގޮތުން މިހާރު ބާއްވަމުން އަންނަ އަތޮޅު ބައްދަލުވުންތަކުގައި ރަށްރަށުގެ މަންދޫބުންގެ ފަރާތުން ލިބޭ ހިޔާލުތަކުގެ މައްޗަށް ބިނާކޮށް، ކޯލިޝަން ހިންގުމުގައި ރަށްރަށުގެ ބައިވެރިވުން އިތުރު ކުރުމަށާއި މަސައްކަތްތައް ފުޅާކުރުމަށްޓަކައި ކުރެވެން ހުރި ބައެއް ކަންކަން ޖޮއިންޓް ކައުންސިލަށް ހުށައަޅާފައިވާ ކަމަށްވެސް ޕްރޮގްރެސިވް ކޯލިޝަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު