ކޮވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް މި އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު ބަންދުރުކުރުމަށް ފަހު، މިއަދު އާ އުންމީދުތަކާއެކު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުން. ބޯޑަރު ހުޅުވާލުމާއެކު ފުރަތަމަ ރާއްޖެއަށް ޖައްސާފައިވަނީ ގަތަރު އެއާވޭސްގެ ފްލައިޓެއް. އެ ފްލައިޓުގައި 103 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފައި. މިއަދު އެކަނި ވެސް އިންޓަނޭޝަނަލް ދެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނެ. ތިން މަހަށްވުރެ ގިނަ ދުވަސްފަހުން ރާއްޖޭގެ ބޯޑަރުތައް ހުޅުވިގެން ދިޔައިރު، 11 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ހުއްދަ ނަގާފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައި.
ފޮޓޯ
ފޮޓޯ
ފޮޓޯ