ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 14 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކުރެވިފައިވާ ކޮވިޑަށް ޕޮޒިޓިވް އުމުރުން 79 އަހަރުގެ ދިވެހި އަންހެނަކު މިއަދު ހަވީރު 5:05ގައި މަރުވެފައިވާ ކަމަށެވެ.
މިއީ މި ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވި 14 ވަނަ މީހާއެވެ. މިއީ މިމަހުގެ ތެރޭ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި ފަސްވަނަ މީހާއެވެ. އެ ފަސް މީހުންނަކީ ވެސް އުމުރުން ދުވަސްވީ ފަސް ދިވެހިންނެވެ.
އޭނާއާއެކު މިހާތަނަށް ޖުމުލަ ނުވަ ދިވެއްސަކު ވަނީ މި ބަލީގައި މަރުވެފައެވެ. އެ ނުވަ ދިވެހިންނަކީ ވެސް އުމުރުން ދުވަސްވީ މީހުންނެވެ. އަދި ކޮވިޑް ޖެހިގެން ރާއްޖެއިން ގިނައިން މަރުވެފައިވަނީ ވެސް އުމުރުން ދުވަސްވީ މީހުންނެވެ.
މިހާތަނަށް ރާއްޖެއިން 2762 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން 2290 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 443 މީހެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު