ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭއަށް ހަ މަސް ދުވަސްތެރޭގައި ބޯޑު ޖެއްސޭވަރު ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ)ގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

އިލިޔާސް ލަބީނު މިހެން ވިދާޅުވީ، ކޮވިޑާގުޅިގެން ސަރުކާރުން ދެއްވާފައިވާލުއިތަކާއެކު، އާ އާއްމު ހާލަތުގެ ދަށުން ރާއްޖެ، ފަތުރުވެރިންނަށް ހުޅުވާލެވިގެންދާއިރު، އިންޓަރނޭޝަނަލް އެއަރޕޯޓުތަކުން ތައްޔާރުވެ ފައިވާމިންވަރު "ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ"ން ދިރާސާ ކޮށް ނިންމިގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުމުން އެ ކަމާބެހޭގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އިލިޔާސް ވިދާޅުވީ،އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އަންގައިގެން އާ ސީޕްލޭން ޓާމިނަލް ހިންގުމަށް ދޭންޖެހޭ ފަރާތަށް ހަވާލުނުވެ އޮތްކަމަށް، ކޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، (އެމްއޭސީއެލް) އިން އެ ކޮމިޓީއަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެކަމާގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ކޮމިޓީން ސުވާލު ކުރުމުން، ފިނޭންސް މިނިސްޓްރީން ޑައިރެކްޓް އިންސްޓްރަކްޝަނެއް ދީފައިވާއިރު، އެފަރާތުގެ އިންސްޓްރަކްޝަންއަށް އެކަން މިހާރު ހުއްޓިފައި އޮންނަންޖެހޭކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭސީސީން މައުލޫމާތު ދީފައިވާ ކަމަށްވެސް ބުންޏެވެ.

އިލިޔާސް އިތުރަށް ވިދާޅުވީ، އެ މަސައްކަތް ހުއްޓުވި އަމުރު ބާތިލްކުރާތާ ހަ މަސްދުވަހުގެ ތެރޭގައި މިހާރު ބޭނުން ކުރަމުންދާ ސީޕްލޭން ޓާމިނަލްގެ ހުރިހާ ބައެއް އާ ޓާމިނަލަށް ބަދަލުކޮށް، އާ ރަންވޭ ބޭނުންކުރެވޭނެ ފެންވަރަށް މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އެމްއޭސީއެލްއިން ދީފައިވާ ކަމަށެވެ. އެހެންކަމުން އެކަންތައް އެގޮތަށް ކުރިއަށް ގެންދަން ކޮމިޓީން އެމްއޭސީއެލްއަށް ކޮމިޓީން އަންގާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.