ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ 75،000 ބިދޭސީން އެމީހުންގެ ނުރުހުމުގައި އަދި އެމީހުން ފޮނުވާލަން އުޅޭ ގައުމުގެ ރުހުމުގައި ނޫން ގޮތަކަށް ފޮނުވާލެވޭނެ ގޮތަކީ، ދުނިޔޭގެ އެއްވެސް ގައުމަކަށް ފެނިފައިވާ ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބިދޭސީނާ ގުޅިގެން މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އިގްތިސާދީ އަދި އިންސާނީ ހައްގުތައް ގެއްލިގެން ވިޔަސް އަދި މަސައްކަތެއްގައި ނުވަތަ އެހެން ބޭނުމަކަށްވިޔަސް، ހިޖުރަކުރާ މީހުން އަނބުރާ ފޮނުވާލުމަކީ ދުނިޔޭގައި ދުވަހަކު ވެސް ދެކިފައި އޮތް މަންޒަރެއް ނޫން ކަމަށެވެ.
އެހެންކަމުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން މާދަމާ ފޮނުވާލެވޭނެ ކަމަށް ދެކުމަކީ، ވާންނެތް ކަމެއް ހިތުއެޅިގޮތަށް އޮންނަންޖެހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނަޑުމެންގެ ކޮންމެވެސް ބޭނުމަކަށް މިތަނަށް 75،000 - 100،000 ބޭރުމީހުން ވަގަށް އިންތިހާއަށް ހެޔޮ އަގުގައި ގެނެސް ގުލާނުކޮށް، އަޅުދާސްކޮށް، މަސައްކަތް ކުރުވައި ބިލިޔަން ރުފިޔާގެ އެސެޓެއް ނުވަތަ، ގައުމީ އުފެއްދުންތެރިކަމެއް މިތަނުގައި ހަދާފައި ދެން އެމީހުންގެ ކައިރީގައި، މާދަމާ ކަލޭމެންދާށޭ އަދި ބުންޏަކަސް އަޅުގަނޑުގެ ހިތެއް ނުބުނޭ އެކަން އެގޮތަށް ހިންގިދާނެ ކަމަކަށް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު