ބިދޭސީންގެމައްސަލަޔަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތް މިހާރުން މިހާރަށް ކުރިޔަށް ގެންދިއުމަށް ސަރުކާރަށް ގޮވާލައި، އެމީހުން ހިންގާ ހަރަކާތްތަކުގައި، ސަލާމަތީ ބާރުތަކާ ކުރިމަތިލާ މައްސަލަ ކުށްވެރި ކޮށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމްއެވެ.
މި މައްސަލަޔަށް ބަހުސް ކުރަން ފާސްކުރީ، މިއަދުގެ ޖަލްސާގައި ތިއްބެވި 36 މެންބަރުންގެ ތެރެއިން 35 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ބިދޭސީންގެ މައްސަލަ މިހާހިސާބަށް ދިޔަގޮތް ހޯދައި، ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ވެސް އެ ކުއްލި މައްސަލައިގައި ވަނީ ގޮވާލައިފައެވެ.
މި ކުއްލި މައްސަލައަށް ކުރިއަށްދިޔަ ބަހުސްގައި، މެންބަރުން ވިދާޅުވީ، ބިދޭސީންގެ މައްސަލަ މިހާ ބޮޑުވެގެން ދިޔައީ، ކުރީގެ ލޭބާ މިނިސްޓްރީ އާއި އިމިގްރޭޝަން ގައި މަސައްކުރެއްވި ފަރާތްތަކުގެ ސަބަބުން ކަމަށެވެ.
އެހެންކަމުން އެފަދަ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް މެންބަރުން ވަނީ ގޮވާލައިފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް