ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ އިތުރު ބައެއް ސާމާނު ހަދިޔާކޮށްފި އެވެ.
ހެލްތް މިނިސްޓްރީން ބުނީ ރާއްޖެއިން ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުންނާއި ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ޑަބްލިޔުއެޗްއޯ އިން ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި އައިސީޔޫ އެނދާއި އައިސީޔޫ ގާއިމްކުރުމަށް ބޭނުންވާ އާލާތްތަކާއި ބޭހުގެ އިތުރުން މެޑިކަލް ލެބޯޓަރީތަކަށް ބޭނުންވާ ތަކެއްޗާއި 10،000 ކޮވިޑް ޓެސްޓް ކިޓް ހިމެނޭ ކަމަށެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑަބްލިޔުއެޗްއޯގެ ފަރާތުން އެތަކެތި ރާއްޖެއާ ހަވާލުކޮށްދެއްވީ އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތުރުއެވެ.
މި ރަސްމިއްޔާތުގައި ޑރ. އަރުވިންދު މާތުރު ވިދާޅުވީ ދުނިޔޭގައި އަދިވެސް ކޮވިޑް ހަލުވިކަމާއެކު ފެތުރެމުން އަންނައިރު ރާއްޖޭގައި އެ ބަލި ކޮންޓްރޯލް ކުރުމަށް ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ރައްޔިތުންގެ އަމަލުތައް ބަހައްޓަންޖެހޭ ކަމަށެވެ.
ރާއްޖޭގައި ކޮވިޑަށް ޓެސްޓްކުރުމުގެ ހިދުމަތް ކުރިއަށް ގެންދިއުމަށް ޑަބްލިޔުއެޗްއޯއިން މެދުނުކެނޑި ދަނީ ޓެސްޓް ކިޓްތައް ފޯރުކޮށްދެމުންނެވެ. އަދި މިދިޔަ މަހުގެ 29 ވަނަ ދުވަހު ރާއްޖެއަށް "ޖީން އެކްސްޕާޓް މެޝިން" ބޭނުންކޮށްގެން ތަހުލީލު ކުރުމަށް ބޭނުންވާ ކާޓްރިޖް ވެސް އެޖަމިއްޔާ އިން ރާއްޖެއަށް ހަދިޔާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު