ހއ. ކެލާ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ނިމިއްޖެކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިފައިވަނީ ބުރާސްފަތި ދުވަހުއެވެ.
މިދިޔަ އަހަރު ޖޫން މަހު އެމްޓީސީސީއާ ހަވާލު ކުރި މި މަސައްކަތުގެ ދަށުން ކެލާ ފަޅުން 3496 ކިއުބިކް މީޓަރު ސަރަހައްދެއް ފުންކުރި ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. އަދި 12،768 ކިއުބިކް މީޓަރުގެ ނެރު ފުންކޮށް، 30 މީޓަރުގެ ބޭރު ތޮއްޓެއް ލުމުގެ އިތުރުން 220 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓު ޖެހި ކަމަށް ވެސް އެމްޓީސީސީން މައުލޫމާތު ދެއެވެ.
މީގެ އިތުރުން މި ޕްރޮޖެކްޓުގެ ދަށުން ބަނދަރާއި އިންވެގެން 1445 އަކަ މީޓަރުގެ ޕޭވްމަންޓެއް ހަދައި، މަގު ބައްތި ހަރު ކުރި ކަަމަށްވެސް އެމްޓީސީސީން މައުލޫމާތު ދެއެވެ.
ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލު ކުރި މި މަސައްކަތަކީ 17.4 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި