އައިޖީއެމްއެޗްގެ އިތުރު ނަރުހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އައިޖީއެމްއެޗް ކްލަސްޓާއިން އިތުރު މީހަކު މިއަދު ޕޮޒިޓިވްވެފައިވާ ކަމަށާއި އެއީ އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ނަރުހެއް ކަމަށެވެ.
"މި ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ދަނީ ކުރެވެމުން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިއަދު އައިޖީއެމްއެޗުން ޕޮޒިޓިވްވި ނަރުހާއެކު އެ ހޮސްޕިޓަލުން ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 16 އަށް އަރައިފައެވެ. މީގެ ކުރިން ޑރ. ނަޒްލާ ވިދާޅުވީ، ހަ މުވައްޒަފުންނާއި ހަތް ބަލި މީހުންގެ އިތުރުން ދެ އެހީތެރިން ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ، މިއަދު ޓްރީޓޮޕް ހޮސްޕިޓަލުގެ ނަރުހެއްވެސް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މީގެ ކުރިންވެސް އެ ހޮސްޕިޓަލުގެ މުވައްޒަފަކު ވަނީ ޕޮޒިޓިވްވެފައެވެ.
މީގެ އިތުރުން ބީއެމްއެލްގެ ދެ މުވައްޒަފުންނާއި ދަރުމަވަންތަ ސްކޫލުގެ މުވައްޒަފަކާއި ރައްޔިތުންގެ މަޖިލީހުގެ ޑްރައިވަރަކާއި ހުޅުމާލޭގައި ހުރި ޖިމްއަކާ ގުޅުންހުރި އަށް ކޭސްއެއް ފެނިފައިވާ ކަަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 33 ދިވެހިންނާއި ބަންގުލަދޭޝްގެ ދެ މީހުންނާއި އިންޑިއާގެ މީހެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު