ރައްޔިތުންގެ މަޖިލީހުގެ ޑްރައިވަރަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރުގެ ހަސަން ޒިޔާއު (ޒިޔާ) "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ޕޮޒިޓިވެފައިވަނީ ދިވެހި ޑްރައިވަރެއް ކަމަށާއި އޭނާ އިއްޔެއާއި އޭގެ ކުރީ ދުވަހުވެސް މަސައްކަތަށް ނުކުމެފައިވާ ކަމަށެވެ. ނަމަވެސް މިއަދު އޭނާ މަސައްކަތަށް ނުކުމެފައި ނުވާ ކަމަށް ޒިޔާ ވިދާޅުވިއެވެ.
ޑްރައިވަރު ޕޮޒިޓިވްވިކަން އެނގުނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށްވެސް ޒިޔާ ވިދާޅުވިއެވެ.
ޑްރައިވަރު ޕޮޒިޓިވްވުމުން މަޖިލީސް ޑިސްއިންފެކްޓްކޮށްފައިވާ ކަމަށާއި ޑްރައިވަރާ ބައްދަލުވި މީހުން ދެނެގަތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޒިޔާ ވިދާޅުވިއެވެ.
މީގެ ކުރިންވެސް ވަނީ މަޖިލީހުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު