ވޭސްޓު މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޑިއުޓީ އޮފިސަރެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

މުވައްޒަފަކު ޕޮޒިޓިވްވިކަން "ވަން" އަށް ކަށަވަރުކޮށްދެއްވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ، ޕޮޒިޓިވްވެފައިވަނީ އެ ކޯޕަރޭޝަންގެ ހުޅުމާލޭ ސައިޓުގައި މަސައްކަތް ކުރަމުން އަންނަ ފިރިހެން ޑިއުޓީ އޮފިސަރެއް ކަމަށެވެ.

އެ މުވައްޒަފާ ގިނަ މުވައްޒަފުންތަކެއް ކޮންޓެކްޓްވެފައިވާތީ، ހުޅުމާލޭ ސައިޓުގެ މަސައްކަތްތައް ކޮންމެވެސް ވަރަކަށް މަޑުޖެހިފައިވާ ކަމަށާއި ގިނަ މުވައްޒަފުން މިހާރު ވަނީ ހޯމް އައިސޮލޭޝަނަށް ފޮނުވާލެވިފައި ކަމަށް އާދަމް ވިދާޅުވިއެވެ.

ވެމްކޯގެ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގިފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށްވެސް އާދަމް ވިދާޅުވިއެވެ.