ސައުތު އީސްޓް އޭޝިއާ ސަރަހައްދުގައި މީސްލްސް އަދި ރުބެއްލާ ނައްތައިލެވުނު ފުރަތަމަ ދެ ގައުމަކީ ރާއްޖެ އަދި ސްރީލަންކާ ކަމަށް ޑަބްލިއުއެޗްއޯގެ ރީޖަނަލް އޮފީސް ފޯ ސައިތް އީސްޓް އޭޝިއާ، ޑަބްލިއުއެޗްއޯ-އެސްއީއޭއާރުއޯ އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯ-އެސްއީއޭއާރުއޯ އިން ކުރި ޓުވީޓެއްގައި ރާއްޖެ އަދި ލަންކާއިން މީސަލްސް ނައްތައިލުމާއި ގުޅިގެން ދެގައުމަށް މަރުހަބާ ކިޔާފައިވެއެވެ.

އެގޮތުން ސައުތު އީސްޓް އޭޝިއާ ސަރަހައްދުގެ ގައުމުތަކުން "ޗައިލްޑްހޫޑް ކިލާ އަދި ޑެލިބްރޭޓިންގް ޑިސީސަސް" ނައްތައިލުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ 2023 ކަމަށާއި، ރާއްޖެއާއި ލަންކާއިން ރުބެއްލާ އާއި މީސަލްސް ނައްތާލާފައި މިވަނީ އޭގެ ކުރިން ކަމަށްވެސް ޑަބްލިއުއެޗްއޯ-އެސްއީއޭއާރުއޯގެ ޓުވީޓުގައި ބުނެފައި ވެއެވެ.

ޑަބްލިއުއެޗްއޯ-އެސްއީއޭއާރުއޯގެ ރީޖަނަލް ޑިރެކްޓަރު ޑރ. ޕޫނަމް ކެތުރަޕަލް ސިންގް ވިދާޅުވީ ކުޑަކުދިންނަށް ނުރައްކާތެރި މިފަދަ ބަލިތައް ނައްތައިލުމީ އާބާދީގެ ދުޅަހެޔޮކަމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ.