ދޮންބައްޕަ، ދަރިފުޅު ރޭޕްކުރުމުގައި އިހުމާލުވި މަންމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މާފުށީގައި ދިހަ އަހަރުގެ އަންހެން ދަރިފުޅު ރޭޕް ކުރި މައްސަލައިގައި ދޮންބައްޕައާއެކު މަންމަގެ އިހުމާލު އޮތްކަމަށް ބުނެ އެރަށުގައި މިއަދު ހަވީރުން ފެށިގެން ވަނީ މުޒާހަރާކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ޑިމާންޑް ކުރަމުން ދިޔައީ ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ މަންމަ ހައްޔަރުކޮށް އެރަށުން ބޭލުމަށެވެ.
އެރަށުގެ ގިނަ ރައްޔިތުން ނުކުމެ މުޒާހަރާކޮށްފައިވަނީ ޖިންސީ ގޯނާ ލިބުނު ކުއްޖާގެ މަންމަ ދިރިއުޅެމުން އައި ގެ ކައިރީގައެވެ.
މާފުށީ ކައުންސިލްގެ ރައީސް އުސްމާން އުސްމާން ރަޝީދު "ވަން" ވިދާޅުވީ، މިރޭ 10:00 ހާއިރު އެ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސް އެރަށުން ބާލައިފައިވާ ކަމަށެވެ.
ފުލުހުން ބުނީ، އެ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނީ އެވަގުތުގެ ހާލަަތާ ގުޅިގެން އޭނާގެ ސަލާމަތަށްޓަކައި ކަމަށެވެ. މީގެ ކުރިންވެސް ބައެއް މައްސަލަތަކުގައި ހާލަތާ ގުޅޭގޮތުން އެފަދައިން އަމަލުކޮށްފައި ހުންނާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.
ޖިންސީ ގޯނާކުރި ދޮންބައްޕަ މީގެ ތިން ދުވަސްކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިރު، އަނިޔާ ލިބުނު ކުއްޖާ މިއަދުގެ ހަވީރުގެ ވަގުތެއްގައި ވަނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު