ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުސަތުގައި އިތުރު ދެ ކެންޑިޑޭޓަކު ނަން ނަގައިފިއެވެ.
މީގެ ކުރިން ފަސް ކެންޑިޑޭޓަކު ވަނީ ނަން ނަގައިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ނަން ނަގާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރަން ހުށަހެޅި ކެންޑިޑޭޓެއް ކަމަށެވެ.
އެގޮތުން ނަން ނަގާފައިވަނީ ލ. ކަލައިދޫ ކައުންސިލުގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ މަރިޔަމް އާތިރާގެ އިތުރުން ތ. ތިމަރަފުށީ ކައުންސިލުގެ ރައީސްގެ މަގާމަށް އަމިއްލަގޮތުން ވާދަކުރާ ހަސަން ޒަރީރެވެ.
މީގެ އިތުރުން ހއ. މޮޅަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އަމިއްލަގޮތުން ވާދަކުރަން ހުށަހެޅި ޒަހީނާ އަބްދުއްރަޝީދާއި ބ. ހިތާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އަމިއްލަގޮތުން ވާދަކުރާ އަމްނާ ހުސައިންވެސް ވަނީ ނަން ނަގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު