ކޮވިޑުން އަރައިގަތުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށާއި ރާއްޖޭގެ އިގްތިސޯދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވަން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެމެރިކާއިން ބުނެފި އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްސް މައިކަލް ރިޗާޑް ޕޮމްޕޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު އާއެކު ވަރަށް މުހިންމު ވާހަކަތަކެއް ހިއްސާ ކުރެވިގެންދިޔަ ކަމަށެވެ.
"ކޮވިޑުން އަރައިގަތުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަދިވެސް އެހީތެރިކަން ފޯރުކޮށްދޭނަން، އަދި ރާއްޖޭގެ އިގްތިސޯދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވަން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނަން،" ޕޮމްޕޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖެ އާއި އެމެރިކާގެ ގުޅުން ކުރިޔަށް އޮތް ތަނުގައި އިތުރަށް ބަދަހިވުމަށް ވެސް އެދޭ ކަމަށެވެ.
މިނިސްޓަރު ޝާހިދު ވަނީ ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެމެރިކާއިން ވެދެމުން ގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.
ކޮވިޑާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ އަޑިގަނޑުން އަރައިގަތުމަށް އެމެރިކާއިން ވަނީ މިދިޔަ މެއި މަހު ރާއްޖެއަށް ދެ މިލިއަން ޑޮލަރުގެ އެހީއެއް ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު