އޮޑިޓާ ޖެނެރަލް މެދުވެރިކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހާއްސަ އޮޑިޓެއް ހަދަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
އެ ކޮމިޓީން އެގޮތަށް ފާސްކުރީ، އޭސީސީގައި ހުރި ކޮރަޕްޝަންގެ މައްސަލަތައް ގޮސްފައިވާ ހިސާބު ރައްޔިތުންގެ މަޖިލީހުން ބަލައި، ފިޔަވަޅު އެޅުމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކޮމިޓީއަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، އެމްޑީޕީގެ މެންބަރުން ވަނީ އޭސީސީގައި ހުރި މައްސަލަތަކާބެހޭ މައުލޫމާތު އެ ކޮމިޝަންގެ މެންބަރުންނަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އޭސީސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އޭސީސީއަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާބެހޭ ތަފްސީލުތައް ކަމާބެހޭ ފަރާތްތަކަށް އެ ކޮމިޝަނުން ދެވިފައިނުވާ ކަމަށާއި އެކަމަށް ބަލާއިރު ވެސް އޭސީސީ ފެއިލްވެފައިވާ ކަމަށެވެ. ހަލީމް މިހެން ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލަތަކުގެ ލިސްޓެއް ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވަން ބުނުމުން ވެސް ފޮނުވާފައިނުވާކަން ފާހަގަކުރައްވައެވެ.
"އޭސީސީގެ ރައީސް ސީދާ ލިޔުމުން އެބައޮތް ބުނެފަ އެކަމެއް ނުކުރާނަމޭ، އެހެންކަމުން މީ ވަރަށް ބިރުވެރިކަމެއް،" ހަލީމް ވިދާޅުވިއެވެ.
އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަހުމަދު ވިދާޅުވީ، ޕީޖީ އަންގާ އެންގުންތަކަށް އޭސީސީން ކިޔަމަންވުމަކީ ގާނޫނުއަސާސީގެ ދަށުން ކުރަންޖެހޭ ކަމެއް ކަމަށާއި އެކަން ނުކޮށް އޮތުމަކީ ގާނޫނުއަސާސީއާ މެންބަރުން ހިލާފުވުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު