ހިޔާ މަޝްރޫއުގެ ފްލެޓްގެ އަގުތައް ސަރުކާރުން ވައުދު ވެފައިވާ މިންގަނޑުގެ ތެރޭގައި ހިފަހައްޓާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ހައުސިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އަގުތައް ވައުދުވެފައިވާ ފަދައިން 7000 އަށް ވުރެ ދަށުގައި ހިފަހައްޓައިދޭނެ ކަމަށެވެ.
މި ފްލެޓްތައް ދެވޭނީ 11000 ރުފިޔާއަށް ކަމަށް ރައީސް ސޯލިހު ވިދާޅުވި ކަމަށް ނޫސްވެރިޔާ ބުނުމުން. މިނިސްޓަރު އަސްލަމް ވިދާޅުވީ ރައީސް ސޯލިހު ސީދާ އެހެން ވިދާޅުވި އަޑު ނާއްސަވާ ކަމަށެވެ.
މީގެ އިތުރުން މިވަގުތު ބޭންކްތަކުން މިވަރުގެ ފްލެޓެއް ގަތުމަށް ލޯނެއް ނަގައިފިނަމަ، ބޭންކުތަކުގައި ހުރި އިންޓްރެސްޓް ރޭޓާއެކު 9 ލައްކައަށްވުރެ ބޮޑު ލޯނެއް ނަގައިފި ނަމަ، 20 އަހަރުން ލޯނު ދައްކާއިރު މަހަކު 10،000 އަށް ވުރެ ގިނައިން ދައްކަން ޖެހެނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހިޔާ މަޝްރޫގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އަޅަމުން އަންނަ ފްލެޓުތަކާއި ގުޅިގެން އެކި މައްސަލަތައް ވަނީ ފެންމަތި ވެފައެވެ. އެގޮތުން ފްލެޓުތައް ހަދާފައިވަނީ ކޮތަރު ކޮށިތަކެއް ކަމަށް ބުނެ، އެތަން ކުޑަ ކަމަށް ސަރުކާރަށް ނިސްބަތްވާ ގިނަ ފަރާތްތަކުން ވަނީ އެތަނަށް ފާޑު ކިޔައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު