ގުޅިފަޅުން ފްލެޓް ގަންނަން ފައިސާ ދައްކާފައިވާ މީހުންނަށް ހައުސިން ޔުނިޓް ދޭނެ ގޮތްތަކެއް ސަރުކާރުން އިއުލާންކޮށްފިއެވެ.
އެމްޑީޕީގެ ސަރުކާރުގައި 2010 ވަނަ އަހަރު ގުޅީފަޅުން ފްލެޓް ގަތް މީހުންގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 18 އާއިލާއަކަށް ހުޅުމާލޭން ފްލެޓް ދީފައިވެއެވެ. ނަމަވެސް ބޯހިޔާވަހިކަމުގެ އިންތިޒާރުގައި 140 އާއިލާއަކުން އަދިވެސް ތިބިއިރު، ގުޅިފަޅު ފްލެޓް ގަތުމަށް އެ އާއިލާތަކުން 50 މިލިއަން ރުފިޔާއަށްވުރެ ގިނައިން އެ މީހުން އިންވެސްޓް ކުރިއެވެ. އެމީހުންނަށް މިހާތަނަށް ބަދަލެއް އަދި ފްލެޓެއް ވެސް ލިބިފައެއް ނުވެއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ގުޅިފަޅުން ހައުސިން ޔުނިޓް ބޭނުންވެގެން ފައިސާ ދައްކައި، ހައުސިން ޔުނިޓް ލިބިފައި ނެތް އާއިލާތަކަށް ސަރުކާރުން ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ.
ގުޅިފަޅުން ފްލެޓް ގަންނަން ފައިސާ ދައްކާފައިވާ މީހުންނަށް ހައުސިން ޔުނިޓް ދޭން ގޮތްތައް:
- 1) 1 ހައުސިންގް ޔުނިޓު މި އަހަރުގެ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ލިބޭނެގޮތެއް ހަމަޖައްސައި ދިނުން
- 2) ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން، ހިޔާ މަޝްރޫއުގެ ހައުސިން ޔުނިޓުތަކުގެ ތެރެއިން ހައުސިންގް ޔުނިޓެއް ގަތުމުގެ ފުރުސަތު އެ ފަރާތްތަކަށް ދިނުން
- 3) ގުޅީފަޅުން ހައުސިން ޔުނިޓު ގަތުމަށް ދައްކާފައިވާ ފައިސާއާ އެއްވަރުގެ އަދަދު ހައުސިން ޔުނިޓު ވިއްކުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުން އުނިކުރުން
- 4) 140 ފަރާތެއް ބޯހިޔާވަހިކަމަށް 2017-2020 ޑިސެންބަރަށް ކޮށްފައިވާ ކުލީގެ ހަރަދުގެ ބަދަލުގައި މަހަކު 12،000 ރުފިޔާގެ ރޭޓުން ބަދަލު ދިނުން. ބަދަލަށް ދެވޭނެ އެންމެ މަތީ އަދަދަކީ 432،000 ރުފިޔާ
- 5) ހައުންސިންގް ޔުނިޓަށް ދައްކާފައިވާ ފައިސާ އާއި ބަދަލުގެގޮތުގައި ސަރުކާރުން ދޭ މިންވަރު ހައުސިން ޔުނިޓުގެ އަގުން އުނިކުރުމަށްފަހު، ބާކީވާ އަދަދު 20 އަހަރު ދުވަހަށް ބަހާލައިގެން ދައްކާ ހަލާސްކުރުން
- 6) ގަންނަ ހައުސިން ޔުނިޓުގެ އަގު ދައްކާފައިވާ ފައިސާއަށްވުރެ ކުޑަނަމަ، އެ އިތުރުވާ ފައިސާގެ އަދަދު އެފަރާތަކަށް ދިނުން
- 7) ހިޔާ މަޝްރޫއުގެ ދެ ކޮޓަރީގެ ހައުސިން ޔުނިޓު އިހްތިޔާރު ނުކުރާނެ ފަރާތްތަކަށް، ތިން ކޮޓަރީގެ ހައުސިން ޔުނިޓު ބޭނުންނަމަ އެ ފަރާތްތަކަށް 2021 ވަނަ އަހަރުގެ ޑިސެމްބަރު މަސް ނިމުމުގެ ކުރިން އެ ފުރުސަތު ފަހިކޮށްދިނުން.
- 8) ތިން ކޮޓަރީގެ ހައުސިންގ ޔުނިޓު އިޚްތިޔާރުކުރާ ފަރާތްތަކަށް 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހައުސިން ޔުނިޓު ގަންނަން ފުރުސަތު ނުދެވޭނަމަ، އެހިސާބުން ފެށިގެން އިތުރަށް ހިނގާ މަސްތަކަށް ކުލީގެ ހަރަދު ދިނުން.
މިނިސްޓަރު އަސްލަމް ވިދާޅުވީ، ގުޅިފަޅުން ހައުސިން ޔުނިޓް ގަތް ފަރާތްތަކާ ވަކިވަކިން ބައްދަލުކޮށް، ސަރުކާރުން ދޭން ނިންމި ގޮތަށް އެއްބަސްވުންތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު