ޓްރީޓޮޕް ހޮސްޕިޓަލުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ޓްރީޓޮޕް ހޮސްޕިޓަލުގެ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަަމަށާއި އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ނުވަ ސްޓާފެއް ފާހަގަކުރެވި އެކަހެރި ކުރެވިފައިވާ ކަމަށެވެ.
"މުވައްޒަފެއް ޕޮޒިޓިވްވި ނަމަވެސް އެއްވެސް ޕޭޝަންޓަކު ޕޮޒިޓިވްވެފައެއް ނުވޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވަނީ އައިޖީއެމްއެޗްގެ ކޭސްގެ އިތުރުން ފިޔަވަތިން ވެސް ޕޮޒިޓިވް ކޭސްއެއް ފެނިފައިވާ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މިހާތަނަށް އައިޖީއެމްއެޗުން 15 މީހުން ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ހަ މުވައްޒަފުންނާއި ހަތް ބަލި މީހުންނާއި ދެ އެހީތެރިން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ރާއްޖެއިން މިއަދު ކޮވިޑަށް 33 މީހުން ޕޮޒިޓިވްވެ 19 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއަދު ޕޮޒިޓިވްވި 33 މީހުންނާއެކު ޖުމްލަ އަދަދު ވަނީ 2468 އަށް އަރައިފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 12 ދިވެހިންނާއި ބަންގްލަދޭޝްގެ 18 މީހަކާއި އިންޑިއާގެ ތިން މީހެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު