ރާއްޖޭގައި އަންހެނުންނަށާއި އަންހެން ކުދިންނަށް ޖިންސީ ގޯނާކޮށް ރޭޕް ކުރުމުގެ މައްސަލަތައް އިންތިހާއަށް ބޮޑުވެ ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކުރަމުން ދަނިކޮށް މޯލްޑިވްސް ފިލްމު އެސޯސިއޭޝަނުންވެސް ރޭޕްއާއި ދެކޮޅަށް ތެދުވެއްޖެއެވެ.

ފިލްމު އެސޯސިއޭޝަނުން ކުރި ޓުވީޓެއްގައި ބުނީ، ރޭޕް ކުރުމާއި ޖިންސީ ގޯނާކުރުމާއި، އެ އެސޯސިއޭޝަނުންވެސް ދެކޮޅު ކަމަށެވެ. އަދި އެފަދަ ކަމެއްގައި ފިލްމު އެސޯސިއޭޝަނުން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއްވެސް ފަސްޖެހުމެއް ނެތި އަޅާނެ ކަމަށެވެ.

ފިލްމު އެސޯސިއޭޝަނުން ރޭޕްއާ ދެކޮޅަށް ތެދުވެފައިވާ މިދަނޑިވަޅަކީ މަޝްހޫރު ފިލްމީ ތަރި ޖުމައްޔިލު ނިމާލުގެ މައްޗަށް ރޭޕްގެ ތުހުމަތު ތަކެއް ކޮށްފައިވާ ދަނޑިވަޅެކެވެ. އެގޮތުން އެމައްސަލައިގައި ޑާކްރެއިން އެންޓަޓައިމެންޓާއި އައިފިލްމުސް އިން ވަނީ ޖުމައްޔިލު އާއިއެކު މަސައްކަތް ކުރުން ހުއްޓާލައިފައެވެ.