އިންޑިއާއަށް ގެންދިޔަ 28 މީހުންގެ ތެރެއިން ތިން މީހަކަށް ފަރުވާދެމުން އަންނަނީ އ އައިސީޔޫގައި މަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވީ އިންޑިއާއަށް ދިޔަ މީހުންގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެންގެ ފަރުވާ ފެށިފައިވާ ކަމަށެވެ.
"ކުރިން ރާއްޖެއިން ފޮނުވުނު 28 މީހުންގެ ތެރެއިން ތިން މީހުން މިވަގުތު ތިބީ އައިސީޔޫގައި. އެކަކު ފިޔަވައި އެހެން އެންމެންގެ ޓްރީޓްމަންޓް ވަނީ ފެށިފައި. އެއް މީހަކަށް ބޭނުންވާ ސާޖަރީ ކުރުމަށް ވަގުތުކޮޅެއް ބޭނުންވޭ،" އޭނާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެމީހުންގެ އިތުރުން އާސަންދަ މެދުވެރިކޮށް ބޭރަށް ދިއުމަށް 90 މީހަކު އެދިފައިވާ ކަމަށާއި މާދަމާއިން ފެށިގެން މައުލޫމާތު ހޯދުމަށް އާސަންދައިން އެމީހުންގެ އާއިލާތަކަށް ގުޅަމުންދަނެ ކަމަށެވެ. އަދި ބޭސްފަރުވާއަށް އެމީހުން ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތްތައް ކުރަމުން އަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް 28 ދިވެހިން އިންޑިއާގެ ކޮޗިންއަށް ފުރުވާލާފައިވަނީ މިދިޔަ އަންގާރަ ދުވަހު މޯލްޑިވިއަންގެ ފުލައިޓަކުންނެވެ. ބަލި މީހުންނާއި އެމީހުންގެ އެހީތެރިންނާއި ދެ ޑޮކްޓަރުންނާއި ފަސް ނަރުހުން ހިމެނޭގޮތަށް ޖުމުލަ ޖުމުލަ 64 މީހަކު އެ ފުލައިޓުން ދިޔައެވެ. އެ އެންމެންގެ ވެސް ފަރުވާ ހަމަޖެހިފައިވަނީ އަމްރީތާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް އެންޑް ރިސާޗް ސެންޓަރު (އެއިމްސް) ގައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު