މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް 19 ވައިރަހަށް ފަރުވާއެއް ހޯދުމަށް ސިއްހީ ތަޖުރިބާކާރުންނާއި ސައިންސްވެރިން އަންނަނީ ރެޔާއި ދުވާލު އެތައް ބުރަ މަސައްކަތެއް ކުރަމުންނެވެ. މިހާތަނަށް ކޯވިޑް 19 ޖެހިގެން އެތައް ލައްކަ މީހުންނެއް މަރުވެފައިވާއިރު، އަދިވެސް އެ ބަލި ދަނީ ބާރު ސްޕީޑެއްގައި ފެތުރެމުންނެވެ. އެހެންކަމުން މިދުވަސްވަރު އަހަރެމެންގެ ހަަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.
ސަޔަކީ ދިވެހިންނަށް ވަރަށް ކަމުދާ އެއްޗެކެވެ. ކަޅު ސައިގެ އިތުރުންވެސް ތަފާތު އެކި ކަހަލަ ސިއްހަތަށް ފައިދާ ހުންނަ ސައި ބުއިމަށް ގިނަ ދިވެހިން ވަރަށް ފޯރި ހުރެއެވެ. އެގޮތުން ދިފާއީ ނިޒާމު ވަރުގަދަ ކުރަން ބޭނުންވާނަމަ ބޮވިދާނެ 3 ވައްތަރެއްގެ ސައި އެބަހުއްޓެވެ. ސަޔަކީ ފަސޭހައިން ގޭގައި ހުރެގެންވެސް ތައްޔާރުކޮށްލެވޭނެ ފަދަ ލުއި އެއްޗެކެވެ.
އިނގުރަކީ އޭގައި ސިއްހަތަށް ފައިދާހުރި އެތަކެއް މާއްދާތަކުން މުއްސަނދިވެފައިވާ އެއްޗެކެވެ. އިނގުރަކީ ވަރަށް ގިނަ ސިއްހީ މައްސަލަތަކެއްގެ ފަރުވާވެސް މެއެވެ. އެގޮތުން އިނގުރު ސަޔަކީ އެކިކަހަލަ ވައިރަލް ހުމާއި ރޯގާއިން ހަަށިގަނޑު ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދޭ ސައެކެވެ. މީގެ އިތުރުން އިނގުރު ސައި ބުއިމުން ބަނޑުގެ ސިއްހީ ބައެއް މައްސަލަތަކަށް ވެސް ފަރުވާ ލިބެއެވެ. އެގޮތުން ބަރާބަރަށް އިނގުރު ސައި ބުއިމުން މީހާގެ ދިފާއީ ނިޒާމު ވަރުގަދަވެ އެކިކަހަލަ ބަލިތައް ފަތުރާ ޖަރާސިމުތަކާއި ހަނގުރާމަ ކުރުމުގެ ވަރު ހަށިގަނޑަށް ލިބެއެވެ.
ފޮނިތޮއްޓަކީ ކެއުމަށް ތައްޔާރުކުރާ ބާވަތްތަކުގެ ރަހަ މީރުކުރުމަށް ބޭނުން ކުރާ އެއްޗެކެވެ. ފޮނިތޮށީގައި ހަށިގަނޑުގެ ދިފާއީ ނިޒާމު ބާރުގަދަ ކޮށްދޭ ބައެއް މާއްދާތައް ހިމެނެއެވެ. އެގޮތުން ފޮނިތޮށި ސައި ބުއިމުން، ބަރުދަން ލުއިކޮށްދީ، ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތުވެސް ކުޑަކޮށްދެއެވެ މީގެ އިތުރުން، ލޭގައި ހަކުރު ހިމެނޭ މިންވަރު ވަކި މިނެއްގައި ބަހައްޓަން އެހީތެރިވެދިނުމުގެ އިތުރުން، އެކިކަހަލަ ޖަރާސީމުތަކުގެ ސަބަބުން ހަށިގަނޑަށް ޖެހޭ ބަލިތަކުންވެސް ރައްކާތެރި ކޮށްދެއެވެ.
ޓުލްސީ ނުވަތަ މިސުރު ގަނދަކޯޅި އަކީ ހަށިގަނޑަށް ފައިދާ ހުރި ވަރަށް ގިނަ މާއްދާތަކެއް ހިމެނޭ ފަތެކެވެ. މި ފަތުގައި ސައި ހަދައިގެން ބުއިމުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދީ، ލޭގައި ހަކުރު ހުންނަ މިންވަރު އެއް ހަމައެއްގައި ހިފަހައްޓައިދިނުމަށް އެހީތެރި ވެދެއެވެ. މީގެ އިތުރުން ހަށިގަނޑު ވަރުދެރަވުމާއި މާބޮޑަށް ސްޓްރެސް ވާނަމަ އެކަމަށްވެސް ފަރުވާ ހޯދައިދެއެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް