ބ. ބޮޑުފިނޮޅުން އަލީ އަފާފް ރަމީޒް
ބ. ތުޅާދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންތަކެއް، އެރަށުގައި މަސައްކަތް ކުރާ 12 ދިވެހީން ރަހީނުކޮށްފައިވާ މައްސަލައިގައި އެރަށަށް ބަޔަކު އަރައިފި ނަމަ ހަމަލަދޭން ތައްޔާރުކޮށްފައި ހުރި މިރުސްފެން ފުޅިތަކަކާއި ގިނަ އަދަދެއްގެ ގާފުނިތަކެއް ފެނިއްޖެ އެވެ.
ބޮޑުފުށީގައި މަސައްކަތްކުރާ މުވައްޒަފުންގެ ރުޅިވެރިކަން ބޮޑުވެފައި ވަނީ އެމީހުންގެ މުސާރަ ނުދޭތާ ގިނަ މަސްތަކެއް ވެފައި ވާތީ ކަމަށް އެމީހުން އަންނަނީ ބުނަމުންނެވެ. އަދި އެ ރުޅިވެރިކަމުގައި އިހްތިޖާޖުކޮށް، އެރަށުގައި ތިބި 12 ދިވެހިން ވެސް ވަނީ ރަހީނުކޮށްފައެވެ.
ނަމަވެސް މިއަދު ހެނދުނު ފުލުހުން މި ރަށަށް އަރައި، އެ ހުރިހާ ދިވެހިން ވަނީ ސަލާމަތް ކޮށްފައެވެ. އަދި މުޅި ރަށް ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް ގެނެސް، ތަހުގީގު ވަނީ ފަށައިފައެވެ.
ވަންގެ ނޫސްވެރިން މި ރަށަށް އަރައި ބެލިބެލުމުން ރޭ ހިންގި ހަމަނުޖެހުންތަކުގައި މި ރަށުގެ ގިނަ ތަންތަނަށާއި ވެހިކަލްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ. ރަށަށް އަރާ މީހުންނަށް ހަމަލާ ދިނުމަށް ބަނދަރުމަތީގައި ކޮންކުރީޓް ގާ ފުނިތަކާއި ލަޓިބުރިތަކާއި ދަގަނޑު ބުރިތަކާއި ދަގަނޑު ބިޑި ޖަމާކޮށްފައި ހުރި އިރު، ފެންހުސްކުރި ކުދި ފުޅިތަކަށް މިރުސްފެން އަޅާފައި ހުއްޓާ ވެސް ވަނީ ފެނިފައެވެ. އެތަކެތި ފެނިފައި ވަނީ ބަނދަރުމަތީގައި ހުރި ޓައްޕެއްގެ ތެރެއިންނެވެ.
މި ރަށުގެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ރޭ އައި ފުލުހުންނަށް ހަމަލާދިނީ މިތަކެތިންނެވެ. ނަމަވެސް މިރުސް ފެން ބޭނުންކުރި ކަމެއް އެނގިފައެއް ނުވެއެވެ. އެހަމަލާތަކުގައި ބައެއް ފުލުހުންނަށް އަނިޔާވެ ފަރުވާވެސް އަންނަނީ ދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު