ކުއްލި ޚަބަރު

ބޮޑުފިނޮޅުގައި ބިދޭސީން ހިންގާ ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް ސިފައިންގެ ޓީމެއް ވެސް ފުރައިފި

އަލީ ޔާމިން

ބ. ބޮޑުފިނޮޅުގައި ބިދޭސީން ހިންގާ ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް ސިފައިންގެ ޓީމެއް ވެސް ފުރައިފިއެވެ.

ބޮޑުފިނޮޅުގައި 200 ވަރަކަށް ބިދޭސީ މުވައްޒަފުން ދަނީ އެރަށުގައި މަސައްކަތް ކުރާ 15 ދިވެހި މުވައްޒަފުން ރަހީނުކޮށް ހަމަނުޖެހުން ހިންގަމުންނެވެ. ބިދޭސީން ޑިމާންޑް ކުރަމުންދަނީ އެމީހުންނަށް މުސާރަ ދިނުމަށެވެ. އެމީހުން ފާހަގަކުރާ ގޮތުގައި މުސާރަ ނުލިބޭތާ ހައެއްކަ މަސް ވަނީ ވެފައެވެ.

ފުލުހުންނާއި ސިފައިންގެ ޓީމެއް ބޮޑުފިނޮޅަށް ދާން މާލެއިން ފުރާފައި މިވަނީ، ތުޅާދޫ އިން ފުރައިގެން ބޮޑުފިނޮޅަށް އެރުމަށް ފުލުހުން ކުރި މަސައްކަތް ނާކާމިޔާބު ވެފައިވަނިކޮށެވެ. މައުލޫމާތު ލިބޭގޮތުން ފުލުހުން ދެފަހަރެއްގެ މަތިންވެސް އެރަށަށް އަރަން ކުރި މަސައްކަތް ނާކާމިޔާބު ވިއިރު، ތުޅާދޫން ދިޔަ ފުލުހުން ތިބީ އެކަށީގެންވާ ވަރަށް ތައްޔާރުވެސް ނުވެއެވެ.

ބޮޑުފިނޮޅަށް ދާން ފުލުހުން މާލެއިން ފުރިއިރު ސިފައިންގެ ފުރާފައި ވަނީ ހުޅުމާލެއިންނެވެ. މީގެ އިތުރުންވެސް އިތުރު ސިފައިން މާލެއިން ފުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.