ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި 92 އަހަރުގެ ދިވެއްސަކު މަރުވެ، ބަލީގައި މަރުވި މީހުންގެ އަދަދު 10އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލު ޑީއެޗް 11ގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 92 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ 11:54ގައި މަރުވެފައިވާ ކަމަށެވެ.
މިއީ ކޮވިޑު ޖެހިގެން ރާއްޖޭގައި މަރުވި ދިހަވަނަ މީހާއެވެ. އަދި މިހާރު ބަލީގައި މަރުވި ދިވެހިންގެ އަދަދު މިވަނީ ފަހަކަށް އަރައިފައެވެ. އެ ފަސް ދިވެހިންނަކީ ވެސް އުމުރުން ދުވަސްވީ މީހުންނެވެ. ރާއްޖޭގައި ކޮވިޑު ޖެހިގެން މަރުވި އެންމެ ދުވަސްވީ މީހަކީ މިރޭ މަރުވި 92 އަހަރުގެ އަހަރުގެ މީހާއެވެ.
ފަސް ދިވެހިންގެ އިތުރުން ދެން އެ ބަލީގައި މަރުވެފައިވަނީ ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ރާއްޖޭގައި 2382 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން 1954 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 413 މީހެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު