ކޮވިޑް ރާއްޖެ އަންނާނެކަން އެނގޭ ކަމަށާއި އެކަމަކު ވެސް އެންމެ ކަންބޮޑުވީ ރާއްޖެއިން ކޮވިޑް ފެނުނު ވަގުތު ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި އެ ސެންޓަރުގެ ވަދާއީ ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑުގެ ސަބަބުން ކުރަން ޖެހުނު މަސައްކަތަކީ މީގެ ކުރިން ދުވަހަކުވެސް ކުރަން ނުޖެހޭ ފަދަ ބޮޑު އަދި ބުރަ މަސައްކަތެއް ކަމަށެވެ.
ކޮވިޑުގެ މަސައްކަތުގައި އެންމެ ކަންބޮޑުވީ ރާއްޖެއިން ކޮވިޑް ފެނުނު ވަގުތު ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
"އަޅުގަނޑަށް ޕާސަނަލީ އެންމެ ޗެލެންޖިން ވަގުތަކަށް ދިމާވީ އެންމެ ފުރަތަމަ ރާއްޖޭގައި ކޭސް ފެނުނު ދުވަހާއި އެ ހަފުތާ ގާތްގަނޑަކަށް އެއީ. ދުވާލަކު ދެ ކޭސް ފެންނަމުން ދިޔަ އެ ހަފުތާގައި. އެ ހަފުތާގައި އަޅުގަނޑަށް އެންމެ ކަންބޮޑުވީ އެންމެ އުނދަގޫވި ދުވަސްވަރަކީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖެއަށް ކޮވިޑު އަންނާނެކަން ކުރިންވެސް އެނގޭ ކަމަށާއި ސިއްހީ މާހިރުންނާއި އެންއީއޯސީން ކުރި މަސައްކަތަކީ ރާއްޖެއަށް ކޮވިޑު އަންނަންވާއިރަށް ތައްޔާރުވުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ކޮވިޑުގެ އޮޕަރޭޝަންގައި ގިނަ ކަންކަން ދަސްވި ކަމަށާއި މުޅި ސިއްހީ ނިޒާމު އާރޯވެގެން ގޮސްފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
ކޮވިޑުގެ އޮޕަރޭޝަންގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި އެބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ރައްޔިތުންނަށް ހަނދާން ކޮށްދިނުމުގެ މަސައްކަތުގައި ޑރ. ނަޒްލާވެސް ވަނީ ކުރީ ސަފުގައި ބުރަ މަސައްކަތްތަކެއް ކުރައްވައި އަގުހުރި މައުލޫމާތުތަކެއް ދެއްވައިފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު