މާލިފުށި ރިސޯޓުން، ހަ މީހުންނާއެކު މާލެއަށް ދަތުރުކުރި ލޯންޗެއްގައި ރޯވެ، ދެ މީހަކު ފިހިއްޖެ އެވެ. މި ހާދިސާގައި އެ ލޯންޗު ވަނީ އަނދައި ހުލިވެފައެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ދެމީހުން މާލިފުށި ރިސޯޓަށް ގެންގޮސް، އެ ރިސޯޓުގައި އަންނަނީ ފަރުވާ ދެމުންނެވެ.

"މާލިފުށި 2" ނަމަކަށް ކިޔާ މި ލޯންޗުގައި ރޯވެފައިވަނީ މާލެއަށް އައި މަގުމަތީ ތ. ގުރައިދުއަށް ޖައްސަން ދަނިކޮށް، އެރަށު ބޭރުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި ލޯންޗުގައި ރޯވި އަލިފާންގަނޑު ނިވާލާފައިވަނީ ފުލުހުންނާއި މާލިފުށި ރިސޯޓުގެ މުވައްޒަފުން ކުރި މަސައްކަތުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.