ރައްޔިތުންގެ މަޖިލީހުގައި ރެސްޓޯރެންޓަކާއި ޖިމަކާއި ފިހާރައެއް ހެދުމުގެ މަަސައްކަތް ކުރަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދެ ޖަލްސާ ފްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ރެސްޓޯރަންޓަކާއި ޖިމަކާއި ފިހާރައެއް ހުޅުވަން ހަމަޖެހިފައިވަނީ، މަޖިލީހުގެ އާ އިމާރާތުގެ ޓެރަސްގައި ކަމަށެވެ. އެއީ މަޖިލީހުގެ ސޯޝަލް ކްލަބުން އިސްނަގައިގެން ކުރިޔަށް ގެންދާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލީހުގެ ސޯޝަލް ކްލަބްގައި، މަޖިލީހުގައި އެ ވަގުތަކު ތިއްބަވާ މެންބަރުންނާއި މުވައްޒަފުން ހިމެނޭގޮތަށް މިހާރު އޮތް ނަމަވެސް، ކުރީގެ މަޖިލިސް މެންބަރުންނާއި ކުރީގެ މުވައްޒަފުންނަށްވެސް އެ ކްލަބްގައި ބައިވެރިވެވޭ ގޮތް ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، މަޖިލިސް މެންބަރުންނަށް އޮފީސް މަސައްކަތް ކުރެވޭ ގޮތަށް މޭޒުކޮޅުތައް ވެސް މިހާރު ތައްޔާރުކޮށް ނިމިފައިވާ ކަމަށަވެ. މެންބަރުންގެ އަމިއްލަ މުވައްޒަފުންނާ އެކު އެ ތަނުގައި މަސައްކަތް ކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ، ކޮމިޓީތަކުގެ މުގައްރިރުން މަސައްކަތް ކުރަން ހާއްސަ ކެބިން ކޮޓަރިކޮޅުތަކެއްވެސް ގާއިމުކޮށް ނިމިފައިވާ ކަމަށެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް